އިސްލާމިކް ޔުނިވާރސިޓީ އޮފް މޯލްޑިވްސްގެ ހިންގުން މެދުކަނޑާ ނުލައި ކުރިއަށް ގެންދިއުމަކީ ސަރުކާރުގެ ސިޔާސަތު ކަމަށާއި ތައުލީމަށް ހުޅުވިފައިވާ އެއްވެސް ފުރުޞަތެއް މި ސަރުކާރަކުން ބަންދު ނުކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިކަން ހާމަކުރެއްވީ މިރޭ ކުރެއްވެވި ޓްވީޓެއްގައެވެ.
އެމަނިކުފާނުި މިފަދަ ޓްވީޓެއް ކުރައްވާފައި މިވަނީ އިސްލާމިކް ޔުނިވަރސިޓީ ބަންދުކޮށް އެތަން ޤައުމީ ޔުނިވަރސިޓީގެދަށަށް ބަދަލުކުރުމުގެ ވާހަކަތައް އެމްޑީޕީ އަށް ނިޞްބަތްވާ މަޖިލިސް މެންބަރުން މަޖިލީހުގައި ދެއްކެވުމާއި ގުޅިގެން ގިނަ ބައަކު ކަންބޮޑުވުން ފައުޅުކުރަމުން ގެންދާ ވަގުތެއްގައެވެ.
ޑރ. މުޞްޠަފާ ލުޠްފީ މިއަދު ވަނީ އިސްލާމީ ޔުނިވަރސިޓީގެ ހިންގުމަށް ބަދަލުތަކެއް ގެންނާނެކަން މަޖިލީހުގެ ކޮމިޓީގައި ހާމަކުރައްވައިފައެވެ. ނަމަވެސް އެއީ ކޮން ބަދަލުތަކެއްކަން ވިދާޅުވެފައެއް ނުވެއެވެ.
ޑރ. ލުޠްފީ ވިދާޅުވީ ޔުނިވަރސިޓީގެ ޤާނޫނު އިޞްލާޙްކުރުމުން ޔުނިވަރސިޓީތައް ހިންގަވާނީ ޝާންސެލަރު ނޫން ކަމަށާއި ވައިސް ޗާންސެލަރު ކަމަށެވެ. އަދި އެ ދެ މަޤާމަކީވެސް ރައީސުލްޖުމްހޫރިއްޔާ ޢައްޔަނުކުރައްވާ 2 މަޤާމުކަމަށް ހަމަޖައްސަނީވެސް އެ ސަބަބަށްޓަކައި ކަމަށެވެ.
އިސްލާމިކް ޔުނިވާރސިޓީ އޮފް މޯލްޑިވްސްގެ ހިންގުން މެދުކަނޑާ ނުލާ ކުރިއަށް ގެންދިޔުމަކީ ސަރުކާރުގެ ސިޔާސަތެވެ. ތައުލީމަށް ހުޅުވިފައިވާ އެއްވެސް ފުރުޞަތެއް މި ސަރުކާރަކުން ބަންެދެއް ނުކުރާނެ
— Ibrahim Mohamed Solih (@ibusolih) June 26, 2019