ގައްދޫ ރައްޔިތުންނަށް ދަތިވާ ކަންތައްތައް ރައީސް ޞާލިޙަށް ހުށަހަޅައިފި

އަހުމަދު
ކިޔުމަށް ހޭދަވާނީ 1މ 24ސ
ގައްދޫ ރައްޔިތުންނަށް ދަތިވާ ކަންތައްތައް ރައީސް ޞާލިޙަށް ހުށަހަޅައިފި

 ގދ. ގައްދޫ ރައްޔިތުންނަށް ދަތިވާ ކަންތައްތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ހުށަހަޅައިފިއެވެ.

 

 

ހުވަދު އަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލަރުންނާއި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް  މިއަދު ބޭއްވެވި ބައްދަލުކުރެއްވުމުގައި ގައްދޫ ރައްޔިތުންގެ ފަރާތުން ހުށަހެލި ކަންތައްތަކުގެ ތެރޭގައި ަށުގެ އެއަރޕޯޓްގެ މަސައްކަތް އަވަސްކޮށްދިނުމާއި، ހޮސްޕިޓަލާއި މަގުހެދުމުގެ މަޝްރޫޢު ކުރިޔަށް ގެންދިއުމާއި، ރަށުގައި ގެސްޓްހައުސް ވިޔަފާރި ތަރައްޤީކުރުމާއި، ގައްދޫގެ ހިއްކި ބިން ސަރަޙައްދު ހިމާޔަތްކުރުމާއި، ރަށާއި ޖެހިގެން އޮންނަ އެއަތޮޅު ގަން، ދަނޑުވެރިކަމާއި ސިނާޢީ މަސައްކަތްތައް ތަރައްޤީކުރުމަށް ކައުންސިލާއި ހަވާލުކޮށްދެއްވުމާއި، ރަށުގައި ކުޑަކުދިންގެ ޕާކެއް ތަރައްޤީކުރުން ހިމެނެއެވެ.

 

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ރަށުގެ މިހާރުގެ ޙާލަތާއި، ރަށުގެ ރައްޔިތުންނަށް އެންމެ ބޮޑަށް ދަތިވެފައިވާ ކަންކަމާބެހޭ މަޢުލޫމާތު ކައުންސިލްގެ ފަރާތުން ވަނީ އެމަނިކުފާނާއި ޙިއްޞާ ކޮށްފައެވެ.

 

މި ބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ގައްދޫ ކައުންސިލުން އެދިވަޑައިގެންފައިވާ ކަންކަމުގެ ތެރެއިން ބައެއް މަޝްރޫޢުތަކުގެ އެންމެފަހުގެ މަޢުލޫމާތު ކައުންސިލަރުންނާއި ޙިއްޞާކުރެއްވިއެވެ. އަދި، ހުށަހެޅުއްވި ކަންކަމަށް، ސަރުކާރުގެ އިދާރާތަކާއި މަޝްވަރާކުރައްވައިގެން ވީ އެންމެ އަވަހަކަށް ޙައްލެއް ހޯއްދަވައިދެއްވަން މަސައްކަތްޕުޅު ކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ.

 

މިއަދު އޮންލައިން