ރަށްރަށުގެ ކައުންސިލްތަކުން އެރަށެއްގައި ދީނީ ނަޞޭޙަތް ދިނުމަށާއި އެހެންވެސް ދީނީ ކަންކަމުގައި ޕްރޮގްރާމްތައް ރާވައި އިސްލާމިކް މިނިސްޓްރީ ޢާއި މައުލޫމާތު ހިއްޞާ ކުރުމުން އެކަމަށް ބޭނުންވާ ދީނީ ޢިލްމުވެރިން ހަމަޖައްސަވައިދެއްވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު ޢަލީ ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޑރ. ޒާހިރު މިއަދު ވިދާޅުވީ އެކަށީގެންވާ ވަރަކަސް ވަގުތު ލައި މައުލޫމާތު ހިއްޞާކުރުމުން ދީނީ ޢިލްމުވެރިން ފޮނުއްވައި ދެއްވާނީވެސް މިނިސްޓްރީގެ ޚަރަދުގައި ކަމަށެވެ.
ކޮމިޓީގެ ބައެއް މެންބަރުން ވިދާޅުވީ ރަށްރަށުގައި ދިނީ ޕްރޮގްރާމްތައް ހިންގަން ދަތިތަކެއް އެބަހުރިކަމަށާއި ވަރަށް އުނދަގުލުން ޢިލްމުވެރިން ހަމަޖެއްސުމުންވެސް ހުއްދަ ލިބުން ފަދަ ކަންކަމުގައި ދަތިތައް ކުރިމަތިވާ ކަމަށެވެ.