ޓެކްނޮލޮޖީގެ ދާއިރާއިން އަންހެނުން ބާރުވެރިކުރުވުމަށް އައްޑޫ ސިޓީގައި ޚާއްޞަ ވޯކްޝޮޕެއް ބާއްވަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 20ސ
ޓެކްނޮލޮޖީގެ ދާއިރާއިން އަންހެނުން ބާރުވެރިކުރުވުމަށް އައްޑޫ ސިޓީގައި ޚާއްޞަ ވޯކްޝޮޕެއް ބާއްވަނީ

ޓެކްނޮލޮޖީގެ ދާއިރާއިން އަންހެނުން ބާރުވެރިކުރުވައި، އެ ދާއިރާއިން ކުރިއަށްދިއުމުގެ މަގުފަހިކޮށްދިނުމުގެ މަޤްޞަދުގައި "ވިމެން އެމްޕަވަރމަންޓް އިން ޓެކްނޮލޮޖީ" ގެ ނަމުގައި ޚާއްޞަ ވޯކްޝޮޕެއް އައްޑޫ ސިޓީގައި ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

މި ސެޕްޓެމްބަރު މަހުގެ 25 އިން 30 އަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި ވޯކްޝޮޕަކީ 5 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި ވޯކްޝޮޕްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ޢުމުރުން 18 އަހަރުން މަތީގެ އަންހެނުންނަށެވެ. އަދި މި ޕްރޮގްރާމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ސެޕްޓެމްބަރު 24 ގެ ކުރިން ބައިވެރިވުމަށް ވަނީ އެދިފައެވެ.

މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި، ރާއްޖެއާއި ދުނިޔޭގެ ފެންވަރުގައި ޓެކްނޮލޮޖީގެ ދާއިރާއިން ޒުވާނުންނަށް ހުރި ފުރުޞަތުތައް އަންގައިދީ، އެފަދަ ވަޒީފާތަކަށް ޒުވާނުން ހޭލުންތެރިކުރުވުން ހިމެނެއެވެ. މީގެއިތުރުން، ޒުވާނުންނަށް ވަޒީފާ ހޯދުމަށް އިތުރު ދޮރުތަކެއް ހުޅުވައިދިނުމާއި، އަމިއްލަ މަސައްކަތެއް ފަށައިގަންނަން ބޭނުންވާ ޒުވާނުންނަށް އެކަން ކުރުމަށް މަގުފަހިކޮށްދިނުންވެސް މި ވޯކްޝޮޕްގެ އަމާޒުތަކުގެ ތެރޭގައި ހިމެނެއެވެ.

ހަމައެއާއެކު، ޓެކްނޮލޮޖީގެ ދާއިރާއިން ދުނިޔޭގެ ބާޒާރުގައި ދިވެހި ޒުވާނުން ކުރިއަށްދިއުމަށް ބޭނުންވާ ހުނަރުތައް ތަރައްޤީކޮށްދިނުމަށާއި، ފްރީލާންސްކޮށް މަސައްކަތް ކުރެވޭނެ މަގުތައް ތަނަވަސްކޮށްދިނުމަކީވެސް މި ޕްރޮގްރާމްގެ މުހިންމު ބޭނުމެކެވެ. މި ވޯކްޝޮޕް މެދުވެރިކޮށް ޚާއްޞަ އިސްކަމެއް ދީގެން އަންހެނުން މި ދާއިރާއިން ތަމްރީނުކުރެވިގެންދާނެއެވެ.

ހަބަރު: ސަރުކާރު

މިއަދު އޮންލައިން