އޯލެވެލް އަދި އެޗްއެސްސީ އިމްތިޙާނު ފަށައިފި: 8،000 އަށްވުރެ ގިނަ ދަރިވަރުން ބައިވެރިވޭ!

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 19ސ
އޯލެވެލް އަދި އެޗްއެސްސީ އިމްތިޙާނު ފަށައިފި: 8،000 އަށްވުރެ ގިނަ ދަރިވަރުން ބައިވެރިވޭ!

މިއަހަރުގެ ގްރޭޑް 10 ނިންމާ ދަރިވަރުންގެ އޯލެވެލް އަދި އެޗްއެސްސީ އިމްތިޙާނު މިއަދު ފަށައިފިއެވެ. ތަޢުލީމާ ބެހޭ ވުޒާރާއިން މައުލޫމާތު ދެއްވާގޮތުގައި މި އިމްތިޙާނުތައް މިމަހުގެ 20 އިން ފެށިގެން ނޮވެންބަރު މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ.

އެ ވުޒާރާއިން ހާމަކުރެއްވި ގޮތުގައި އޯލެވެލް އައިޖީސީއެސްއީ އިމްތިޙާނުގައި ޖުމްލަ 8,111 ދަރިވަރުން ބައިވެރިވެފައިވާއިރު، އެޗްއެސްސީ އިމްތިޙާނުގައި 7,776 ދަރިވަރުން ބައިވެރިވެއެވެ. މުޅި އިމްތިޙާނު ކުރިއަށްދަނީ މާލެ ސަރަޙައްދުގެ 25 ސެންޓަރެއްގައި 3,222 ދަރިވަރުންނާއި، ރަށްރަށުގެ 242 ސެންޓަރުގައި 2,869 ދަރިވަރުންނާއެކުގައެވެ. އިމްތިޙާނުގެ ފުރަތަމަ ދުވަހު ދަރިވަރުން ހަދާފައިވަނީ އެޗްއެސްސީ އިމްތިޙާނުގެ ދިވެހި ޕޭޕަރެވެ.

އިމްތިޙާނު ފެށުމާ ގުޅިގެން ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަރވިއުއެއްގައި ތަޢުލީމާއި މަތީ ތަޢުލީމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވަނީ އިމްތިޙާނު ހަދާ ހުރިހާ ދަރިވަރުންނަށް ހިތްވަރު ދެއްވާފައެވެ. ވަޒީރު ވަނީ ދަރިވަރުން ނަމާދުން ހިތްވަރު ލިބިގަނެ، ރަނގަޅު ނަތީޖާއަކަށް އެދި މާތްﷲއަށް ގިނަގިނައިން ދުޢާކުރުމަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ.

"މިހާރު އިމްތިޙާނު ޖެހުނުއިރު ﷲގެ ރަޙުމަތުން ހުރިހާ ކުދިންވެސް ތައްޔާރުވެފައިވާކަމަށް އަޅުގަނޑު ޤަބޫލުކުރަނީ. އެހެންވީމާ އިމްތިޙާނު ހަދާ ދުވަސްތަކުގައި ކުދިން މާބޮޑަށް ހާސްވާނެހެން، ސްޓްރެސްވާނެހެން ޕުޝްކުރުމަކީ ބުއްދިވެރިކަމަކަށް ނުވާނެ. ކުދިންނަށް ބުނެލާނީ ހުރިހާ ކުދިންވެސް ފަތިސް ނަމާދުން ދުވަސް ފަށާށޭ، އަދި ރަނގަޅު ނަތީޖާއެއް ދެއްވުން އެދި ގިނަގިނައިން ﷲއަށް ދަންނަވާށޭ،" ވަޒީރު ވިދާޅުވިއެވެ.

މިއަދު އޮންލައިން