ޑޮކްޓަރުން ވީހައި ގިނައިރު ޚިދުމަތުގައި އުޅެދިނުމަށް ލަންކާގެ ހެލްތް މިނިސްޓަރު އެދިވަޑައިގެންފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 55ސ
ޑޮކްޓަރުން ވީހައި ގިނައިރު ޚިދުމަތުގައި އުޅެދިނުމަށް ލަންކާގެ ހެލްތް މިނިސްޓަރު އެދިވަޑައިގެންފި

ޑޮކްޓަރުން ވީހައި ގިނައިރު ޚިދުމަތުގައި އުޅެދިނުމަށް ލަންކާގެ ހެލްތް މިނިސްޓަރު ރަޖިތާ ސެނެރަތްނެ އެދިވަޑައިގެންފިއެވެ. "އަހަރެންނަކީ ބޮމުގެ ދެ ހަމަލާއިން ސަލާމަތްވެފައިވާ މީހެއް. އަނިޔާގެ ތަދު ވަރަށް ބޮޑަށް އިހްޞާޞް ކުރެވޭ." 

"ހަމަލާތަށް ދިނީ ނޭޝަނަލް ތައުޙީދު ޖަމާއަތުން. އެއީ ލަންކާގެ ޖަމާއަތެއް ބޭރާ ގުޅުންހުރިކަން އެނގިފައެއް ނެތް. ޖާނުން ފިދާވެގެން މަރުވީ ލަންކާ ބައަކު." ކަމަށް އިއްޔެ ޓެމްޕަލް ޓްރީގައި މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ހެލްތް މިނިސްޓަރު ރަޖިތާ ސެނެރަތްނެ ވަނީ ވިދާޅުވެފައެވެ. 

ރަޖިތާ ވަނީ މި ނާޒުކު ދަނޑިވަޅުގައި އެއްވެސް މީހަކަށް އިނގިލި ދިއް ނުކުރުމަށް ވެސް އެދިވަޑައިގެންފައެވެ. "މިނާޒުކު ދަނޑިވަޅުގައި މައްސަލައިގެ ތަޙްޤީްތައް ނިމެންދެން މިކަމާއި ގުޅިގެން އެއްވެސް މީހަކަށް އިނގި ދިއްނުކުރުން އެދެން." 

ހެލް މިނިސްޓަރު ޑޮކްޓަރުންނަށް މިމޭރުމުން އިލްތިމާސްކުރައްވާފައިވާއިރު އިއްޔެ ދިން ހަމަލާތަކާއި ގުޅިގެން ލަންކާގެ ހޮސްޕިޓަލުތަކުގައި ގެންދަނީ 700 މީހުންނަށް ފަރުވާ ދެމުންނެވެ. އެއިގެ ތެރެއިން ގިނަ ބައަކު ތިބީ ވަރަށް ސީރިއަސް ޙާލަތުގައެވެ.

މިއަދު އޮންލައިން