"އެންޑޯމެޓްރިއޯސިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް" ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އިފްތިތާޙުކޮށްދެއްވައިފި

ކިޔުމަށް ހޭދަވާނީ 41ސ
"އެންޑޯމެޓްރިއޯސިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް" ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އިފްތިތާޙުކޮށްދެއްވައިފި

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު، "އެންޑޯމެޓްރިއޯސިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް" އިފްތިތާޙުކޮށްދެއްވައިފިއެވެ. އެކަމަނާ މި ޖަމުޢިއްޔާ އިފްތިތާޙުކޮށްދެއްވީ މިކަމަށްޓަކައި ރޭ މާގިރި ހޮޓެލްގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

އެންޑޯމެޓްރިއޯސިސްއަކީ އަންހެނުންނަށް މައްސަރު ކަންތަކުގައި ނުވަތަ ޕީރިއަޑު ވުމުގައި ދިމާވާ ވަރަށް ވޭންހުރި އާންމު ބައްޔެކެވެ. މި ބައްޔަކީ ކޮންމެ 10 އަންހެނުންގެ ތެރެއިން 1 އަންހެނަކަށް ޖެހޭ ބައްޔެކެވެ.

މި ޖަމުޢިއްޔާގެ މައިގަނޑު މަޤްޞަދަކީ މި ބަލި ޖެހުމުން ކަންތައްތައް ކުރަންވީގޮތުގެ މަޢުލޫމާތު ފޯރުކޮށްދީ، މި ބައްޔާއިމެދު ގިނަ ބަޔަކު ހޭލުންތެރިކޮށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

މިއަދު އޮންލައިން