މުވައްޒިފަކީ ކާކުކަން އަނގައިދޭންވީ މޫނަކުން ނޫން - ނަން ޓެގުން: ސިވިލް ސަރވިސް ކޮމިޝަން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 14ސ
މުވައްޒިފަކީ ކާކުކަން އަނގައިދޭންވީ މޫނަކުން ނޫން - ނަން ޓެގުން: ސިވިލް ސަރވިސް ކޮމިޝަން

ސިވިލް ސަރވިސްގެ މުވައްޒިފުން ވަޒީފާގައި ތިބޭއިރު އެމީހަކީ ކާކުކަން އަނގައިދޭންވީ މުވައްޒިފުގެ މޫނުން ނޫންކަމަށާއި ކާކުކަން އަންގައިދޭންވީ އޮފީހުން ދޫކުރާ ނަން ޓެގުން ކަމަށް ސިވިލް ސްރވިސް ކޮމިޝަނުން ބުނެފިއެވެ.  

ސިވިލް ސަރވިސް ކޮމިޝަނުން މިކަން ހާމަކޮށްފައިވަނީ ދިވެހި ސިވިލް ސަރވިސްގެ ޤަވާއިދު 2014 ގެ 145 ވަނަ މާއްދާގެ (ހ) އެކި ފަރާތްތަކުން އެކި ގޮތަށް މާނަކޮށް މުވައްޒިފުންނާއިމެދު ޢަމަލުކުރާކަމަށް ބުނެ މިމަހުގެ 12 ވަނަ ދުވަހު ޢާންމުކޮށްފައިވާ ސަރކިޔުލާއެއްގައެވެ. 

ރައީސް ޔާމީނުގެ ސަރުކާރުގައި މޫނު ބުރުގާ އެޅުމުން މުވައްޒިފުން ވަކިކުރުމުގެ މައްސަލަތައް ކުރިމަތިކުރުވި ދުވަސްވަރު މި މާއްދާ މާނަކޮށް ނުދިން ސަބަބު އެކޮމިޝަނުން ހާމަކޮށްފައެއް ނުވެއެވެ.  

މުވައްޒިފުންނާއި އެކަށޭނަ ހެދުމެއް މާނަކުރުމުގައި މިހައި ތަނަށް އަބަދުވެސް މައްސަލަ ޖެހެނީ އިސްލާމް ދީނުގައިވާ ފަދައިން ނިވާކުރުމުންނެވެ. ކުދި އަތްކޮޅުލީ ކޮނޑުކެނޑި ޢާއި މިނީ ސްކާޓް ލުން ފަދަ ކަންކަމުގައި އެއްވެސް މައްސަލައެއް ޖެހިފައެއް ނުވެއެވެ. މިފަހަރު ނެރުނު ސަރކިޔުލާގައިވެސް "އެކަށޭނަ ހެދުން ތަފްޞީލު ކޮށްދީފައެއް ނުވެއެވެ.

ސިވިލް ސަރވިސްގެ މި ސަރކިޔުލާރ އާއި ގުޅިގެން ޝައިޚް ޢަލީ ޒައިދު ވަނީ މަރުޙަބާ ވިދާޅުވެފައެވެ.

މިއަދު އޮންލައިން