އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ (ޕީއެސް) މުހައްމަދު ސައީދުގެ ސަސްޕެންޝަންގެ މުއްދަތު ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން އިތުރުކޮށްފިއެވެ.
ސީއެސްސީ އިން ބަލަމުންދާ މައްސަލައަކާ ގުޅިގެން ސައީދު ސަސްޕެންޑްކުރީ މިދިޔަ މަހުގެ 24 ވަނަ ދުވަހުއެވެ. އެފަހަރު ސަސްޕެންޑްކުރީ އެއް މަހަށެވެ. އެހެން ނަމަވެސް މުއްދަތު ހަމަވި ދުވަހުން ފެށިގެން، އިތުރު އެއް މަހަށް ވަނީ ސައީދުގެ ސަސްޕެންޝަންގެ މުއްދަތު އިތުރުކޮށްފައެވެ.
ސައީދު ސަސްޕެންޑްކުރީ އެޑިއުކޭޝަން މިނިސްޓްރީން ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ޕީއެސްއަކަށް މުހައްމަދު ސައީދު އައްޔަން ކުރެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައެވެ.