ވޯޓުކަރުދާސްކޮޅުގަ ކުރެހުމަކީ ވޯޓުގެ ސިއްރުކަން ގެއްލޭނެ ކަމެއް: ޢަލީ ޙުސައިން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 50ސ
ވޯޓުކަރުދާސްކޮޅުގަ ކުރެހުމަކީ ވޯޓުގެ ސިއްރުކަން ގެއްލޭނެ ކަމެއް: ޢަލީ ޙުސައިން

ވޯޓުކަރުދާސްކޮޅުގައި ކުރެހުމަކީ ވޯޓުގެ ސިއްރުކަން ގެއްލޭނެ ކަމެއް ކަމަށާއި އެއީ ހުއްޓުވަން ޖެހޭ ކަމެއް ކަމަށް ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިން ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޢަލީ ޙުސައިން ވިދާޅުވީ ވޯޓު ކަރުދާސްކޮޅުގައި ޖަހަން ޖެހޭ ފާހަގައިގެ އިތުރުން ކުރަހައި ލިޔެ ހެދުން ފަދަ ކަންކަން ކުރަނީ އެމީހަކު ވޯޓުލީ ގޮތް އެހެންބައަކަށް އެންގުމަށް ކަމަށެވެ. އެހެންކަމުން އެކަމަކީ ވޯޓުގެ ޞައްޙަކަން ގެއްލިގެނަދާ ކަމަށެވެ.

އިމްތިޔާޒް ފަހުމީ ވިދާޅުވީ ވޯޓުގައި ކުރެވޭ ގޮތް ހަދަން ހުށަހަޅަނީވެސް ޕީޕީއެމުން ކަމަށާއި ނުކުރެހޭނެ ގޮތަ ހަދަން ހުށަހަޅަނީވެސް ޕީޕީއެމުން ކަމަށެވެ. އެހެންކަމުން އެއީ އެމްޑީޕީން މާބޮޑަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.

ސިޔާސީ ޕާޓީތަކުގެ ޤާނޫނަށް ބަދަލު ގެނެސް ޕާޓީތަކުގެ ޕްރައިމަރީން ފޭލްވާ މީހުންނަށް އިންތިޚާބުގައި ވާދަކުރެވޭނެ ގޮތަށް ސްޕްރީމް ކޯޓުން ކުރި ޙުކުމުގެ ބޭނުމަކީ އެމްޑީޕީން ބޭއްވި ޕްރައިމަރީގެ ބޭނުން ނައްތައިލުމަށް ކަމަށް ވެސް އިމްތިޔާޒް ފަހުމީ ވިދާޅުވިއެވެ.

މިއަދު އޮންލައިން