ވައިގެ މަގުން އަންނަ އަދި ފުރާ މީހުންނާއި އުޅަނދުފަހަރުގެ މައުލޫމާތު ދިނުމާ ބެހޭ އައު ޤަވާއިދެއް އެކުލަވާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 48ސ
ވައިގެ މަގުން އަންނަ އަދި ފުރާ މީހުންނާއި އުޅަނދުފަހަރުގެ މައުލޫމާތު ދިނުމާ ބެހޭ އައު ޤަވާއިދެއް އެކުލަވާލައިފި

ދިވެހިރާއްޖެއަށް ވައިގެ މަގުން އަންނަ އަދި ރާއްޖެއިން ފުރާ މީހުންނާއި އުޅަނދުފަހަރުގެ މަޢުލޫމާތު މޯލްޑިވްސް އިމިގްރޭޝަނަށް ފޯރުކޮށްދިނުމާ ގުޅޭ އައު ޤަވާއިދެއް އެކުލަވާލައި ޢާންމުކޮށްފިއެވެ.

މި ޤަވާއިދުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ އިތުރުން، ކުށްވެރިންނާއި ޓެރަރިސްޓުން ދުރާލައި ދެނެގަތުމެވެ. މި ޤަވާއިދުގައިވާ ގޮތުން، ރާއްޖެއަށް އަންނަ އަދި ފުރާ އުޅަނދުތައް އައުމުގެ ކުރިންނާއި ފުރުމުގެ ކުރިން، ފަސިންޖަރުންނާއި ދަތުރާ ގުޅޭ ތަފްޞީލީ މަޢުލޫމާތުތައް އިމިގްރޭޝަނާ ހިއްސާކުރުން ވަނީ ލާޒިމުކޮށްފައެވެ.

މީގެއިތުރުން، މި ޤަވާއިދުގެ ދަށުން ހިއްސާކުރެވޭ އެންމެހައި މަޢުލޫމާތުތަކުގެ ސިއްރު ހިފެހެއްޓުން އިމިގްރޭޝަނަށް ލާޒިމުވާނެއެވެ. އަދި މި ޤަވާއިދާ ޚިލާފުވާ ފަރާތްތައް 2,000 ރުފިޔާއިން ޖޫރިމަނާކުރެވޭނެ ކަމަށްވެސް ކަނޑައަޅާފައިވެއެވެ.

މި އެކުލަވާލި އައު ޤަވާއިދަށް ރަސްމީކޮށް ޢަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 30 ވަނަ ދުވަހުން ފެށިގެންނެވެ.

މިއަދު އޮންލައިން