ބިނާރާ ބެހޭ ވުޒާރާގެ ލިޔެކިޔުންތައް ހުރީ ހަމައަށް، އެއްވެސް އެއްޗެއް މަދެއް ނުވޭ: ފުލުހުން

މިއަދު
ކިޔުމަށް ހޭދަވާނީ 34ސ
ބިނާރާ ބެހޭ ވުޒާރާގެ ލިޔެކިޔުންތައް ހުރީ ހަމައަށް، އެއްވެސް އެއްޗެއް މަދެއް ނުވޭ: ފުލުހުން

ބިނާރާ ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން އެއްވެސް ލިޔެކިޔުމެއް މަދުވެފައި ނުވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.

ފުލުހުން މައުލޫމާތު ދެއްވި ގޮތުގައި، އެ ވުޒާރާގެ ރަސްމީ ލިޔެކިޔުންތަކެއް އަޅާފައިހުރި ލޮކަރުތަކެއް އުސޫލުން ބޭރުން ހުޅުވާފައިވާކަމުގެ ރިޕޯޓު އެ ވުޒާރާގެ ފަރާތުން ފުލުހުންނަށް ހުށަހެޅީ ހުކުރު ދުވަހުގެ ރޭ 19:18 ހާއިރުއެވެ.

މި ރިޕޯޓާ ގުޅިގެން ފުލުހުންގެ ޓީމެއް އެ މުއައްސަސާއަށް ގޮސް ބަލައި ފާސްކޮށްފައިވެއެވެ. އަދި ފުލުހުންގެ ހާޒިރުގައި އެ ވުޒާރާގެ މުވައްޒަފުން އެ ލިޔެކިޔުންތައް ޗެކްކުރިއިރު، އެއްވެސް ލިޔުމެއް ނުވަތަ އެހެން އެއްޗެއްވެސް މަދުވެފައި ނުވާކަން ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މިއަދު އޮންލައިން