ސޫރަތުލް ކަހްފި ގެ ތަފްސީރު‍‍‍ 2

މިއަދު
ކިޔުމަށް ހޭދަވާނީ 13މ 10ސ
ސޫރަތުލް ކަހްފި ގެ ތަފްސީރު‍‍‍ 2

މޫސާ ޢަލައިހިއްސަލާމް އާއި ޞާލިޙް އަޅާގެ ވާހަކަ:

މޫސާ ޢަލައިހިއްސަލާމް އާއި ޞާލިޙް އަޅާ ޚިޟްރުގެ ވާހަކަ މިސޫރަތުގެ 60 އިން 82 ވަނަ އާޔަތުގެ ނިޔަލަށް މިވާހަކަ ތައް ބަޔާން ކުރައްވާފައިވެއެވެ. ބައެއް ރިވާޔަތްތަކުގައި އަންނަ ގޮތުން ޚިޟްރަކީވެސް ނަބިއްޔެކެވެ. ޚިޟްރު ޢަލައިހިއްސަލާމް އަށް ދެއްވާފައިވާ ޢިލްމުން އުނގެނި ވަޑައިގަތުމުގެ ބޭނުމުގައި މޫސާ ޢަލައިހިއްސަލާމް ކުއްޖަކު ކުއްޔަށް ނަންގަވައިގެން އެކުއްޖާ އާއި އެކު ކަނޑުގައި ދަތުރު ކުރެއްވިއެވެ. މޫސާ އާއި ޚިޟްރު ބައްދަލުވެ ދަތުރު ފައްޓަވައިގެން ތިން ކަމެއް ފެނިގެން ދިޔައެވެ. އެއީ ޚިޟްރު ޢަލައިހިއްސަލާމް ހަލާކުކޮށްލެއްވި ދޯންޔެއްގެ ވާހަކަ އާއި، އެކަލޭގެފާނު ގަތުލުކޮށްލެއްވި ކުޑަކުއްޖެއްގެ ވާހަކަ އާއި، ވެއްޓެން ކައިރިވެފައިވާ ފާރެއް ތެދުކޮށް ކޮޅަށްޖައްސަވާ އެކަމަށް އެއްވެސް އުޖޫރަ އެއް ނުނެންގެވި ވާހަކައެވެ. މިއިން ކޮންމެ ޙާދިޘާ އަކާއި ގުޅިގެން ޚިޟްރު ޢަލައިހިއްސަލާމް ކަންތައް ކުރެއްވި ގޮތާއި މެދު ހިތްޕުޅު ހަމަޖެހިވަޑައިނުގަނެގެން އަދި ޙައިރާންވެގެން މޫސާ ޢަލައިހިއްސަލާމް ސުވާލު ކުރައްވައެވެ. ނަމަވެސް، ދަތުރުގެ ނިމޭ ހިސާބުން މެނުވީ އެކަންތައްތައް އެގޮތަށް ކުރެއްވި ސަބަބު ޚިޟްރު ޢަލައިހިއްސަލާމް ކިޔައި ނުދެއްވައެވެ. އަދި އެކަލޭގެފާނު އެއިން ކޮންމެ ކަމެއްވެސް ކުރެއްވީ ﷲ ގެ އަމުރުފުޅަށް ކަމަށާއި، އެކަލޭގެފާނުގެ އަމިއްލަ ރައުޔަށް ނޫންކަން ބަޔާން ކުރެއްވިއެވެ. ދޯނި ނުވަތަ ނައު ހަލާކު ކޮށްލެއްވި ސަބަބު ބަޔާން ކުރައްވަމުން ވިދާޅުވިއެވެ. "ނަވާމެދު ދަންނާށެވެ! ފަހެ، އެ ނައުވީ ކަނޑުގައިމަސައްކަތްކޮށްއުޅޭ مسكينބަޔެއްގެ ނަވަކަށެވެ. ފަހެ، ތިމަންކަލޭގެފާނު އެ ނައުހަލާކުކޮށްލެއްވުމަށް ގަސްދުކުރެއްވީ (ސަލާމަތުންވާ) ކޮންމެ ނަވެއް غصبން އަތުލާރަސްކަލަކު އެމީހުންގެ ފަހަތުގައިވާތީއެވެ."

ދެން ފިރިހެން ކުއްޖާ އާއި ބެހޭ ގޮތުން ވިދާޅުވިއެވެ."އަދި އެ ފިރިހެންކުއްޖާއާމެދު ދަންނާށެވެ! ފަހެ، އޭނާގެމައިންބަފައިންވީ (ހެޔޮލަފާ) مؤمنން ކަމުގައެވެ. ފަހެ، އެ ދެމީހުން އުރެދިكافرވާދަރަޖައަށް އެދެމީހުންނަށް އެ ކުއްޖާ އުނދަގޫކޮށް، އަނިޔާދީފާނެކަމަށްތިމަންކަލޭގެފާނު ބިރުގަތީއެވެ.ފަހެ، ތިމަންކަލޭގެފާނު އެދިވަޑައިގަތީ، އެ ދެމީހުންގެވެރިރަސްކަލާނގެ، އެކުއްޖާއަށްވުރެ ހެޔޮވެގެންވާ صالح، އަދި އޯގާތެރިކަންބޮޑުކުއްޖަކު އޭނާގެ ބަދަލުގައި އެދެމީހުންނަށް ދެއްވުމަށެވެ."

ދެން ފާރާއި ބެހޭ ގޮތުން ވިދާޅުވިއެވެ. "އަދި ފާރާމެދު ދަންނާށެވެ! ފަހެ، އެރަށުގައިވާ يتيمދެކުދިންނަށް ލިބިގެންވާ ފާރެއްކަމުގައި އެ ފާރުވިއެވެ. އަދި އެ ފާރުގެ ދަށުގައި،އެދެކުދިންނަށް خزانةއެއް ވިއެވެ. އަދި އެ ދެކުދިންގެ ބައްޕާއަކީ، صالحމީހެއްކަމުގައިވެސްވިއެވެ. ފަހެ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ އިރާދަކުރެއްވީ، އެދެކުދިން ބޮޑުވެ، ފުރާފުރިހަމަވުމުން، އެ ދެކުދިންގެ خزانة، އެ ދެކުދިންނެރުމަށެވެ. ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرةން އޮތް رحمةއެއްގެ ގޮތުންނެވެ.އަދި ތިމަންކަލޭގެފާނު އެކަންތައްކުރެއްވީ، ތިމަންކަލޭގެފާނުގެ އަމިއްލަ رأىއަކަށްނޫނެވެ. މިއީ ކަލޭގެފާނަށް އެކަންކަމުގެ މައްޗަށް ކެތްކުރެއްވުމަށްކުޅަދާނަވެވަޑައިނުގެންނެވުނު ކަންތަކުގެ تفسيرއެވެ."

 

ޛުލް ގަރްނައިނި އާއި ޔައުޖޫޖު މައުޖޫޖުގެ ވާހަކަ:

މި ސޫރަތުގައި ޛުލްގަރްނައިނި ގެ ވާހަކަ ގެންނަވާފައިވެއެވެ. މާތް ﷲ އޭނާ އަށް ވެރިކަމާއި ބާރު ވަނީ ދެއްވާފައެވެ. އަދި ބާރު ލިބޭނެ ހުރިހާ ގޮތްތަކެއް ވަނީ ފަހިކޮށް ދެއްވާފައެވެ. އެހެންކަމުން ދުނިޔޭގެ ހުޅަނގުން އިރަށް އޭނާ އައީ ރަށްތައް ފަތަޙަ ކުރަމުންނެވެ. އަނިޔާވެރިންގެ ކިބައިން ބަދަލު ހިއްޕަވާ، ޞާލިޙުންނަށް އިޙްސާންތެރިކޮށް ހިއްޕެވުމުން މުޅި ރަށުގައި ޢަދުލުވެރިކަން ފެތުރުއްވިއެވެ. އޭނާގެ ފުތޫޙާތުތައް ފުޅާވަމުން ދިޔައެވެ. އެގޮތުން އެކި ރަށްރަށް ފަތަޙަ ކުރައްވަމުން ވަޑައިގަންނަވަނިކޮށް ވަރަށް ފަސާދަކަން ބޮޑު ނުބައި ބަޔަކާއި ހަމަ އަށް ވަޑައިގެންނެވުނެވެ. އެއީ ޔައުޖޫޖު މައުޖޫޖު ބާގައިގެ މީހުންނެވެ. ބައެއް ރިވާޔަތްތަކުގައި އަންނަ ގޮތުން އެއީ ދެރަށެކެވެ. އެރަށުގެ އަހްލުވެރިން އޭނާގެ ގާތުގައި އެދުނީ އެދެރަށް ދެމެދުގައި ހުރަހެއް ލައިދިނުމަށެވެ. އެކަމުގެ އުޖޫރައެއްގެ ގޮތުން އޭނާ ބޭނުންވީ ވަރަކަށް ފައިސާ ދޭނެ ކަމަށް ބުންޏެވެ. ނަމަވެސް، އެއްވެސް އުޖޫރައަކާއި ނުލާ އެބައިމީހުން އެދުނު ގޮތަށް ކަންތައް ކޮށްދެއްވިއެވެ. އެގޮތުން އެދެރަށުގެ ދެމެދުގައި ވަރުގަދަ ހުރަހެއް ލެއްވިއެވެ. ޔައުޖޫޖު މައުޖޫޖުގެ މީހުން އެހުރަސް ހަލާކު ކުރަން އުޅެ އެބައިމީހުންނަށް އެކަންވާނެ ގޮތެއް ނުވިއެވެ. 

ނޯޓް: މިވާހަކަތަކުގެ ތަފްޞީލުތައް އިންޝާﷲ- އާޔަތްތަކުގެ ޝަރަޙައިގެ ތެރޭގައި ގެނެސްދެވޭތޯ މަސައްކަތް ކުރާނަމެވެ. މާތް ﷲ އެކަމަށް މަގުފަސޭހަކޮށްދެއްވާށިއެވެ. އާމީން. 

މި ސޫރަތުގެ މާތްކަން: 

ކަހްފު ސޫރަތުގެ މާތްކަމާއި ބެހޭގޮތުން އެތައް ޙަދީޘްތަކެއްވާރިދުވެގެންވެއެވެ. އޭގެ ތެރެއިން ބައެއް ޙަދީޘްތަކަކީ ޞައްޙަޙަދީޘްތަކުގައިވީއިރު ޞައްޙަ ނޫން ޙަދީޘްތައްވެސް އެބަހުއްޓެވެ. އޭގެތެރެއިން ޞައްޙަ ބައެއް ޙަދީޘް ތިރީގައި ހިމަނާލަމެވެ.

 

عن أبي الدرداء أن النبي صلى الله عليه وسلم قال : “مَنْ حَفِظَ عَشْرَ آيَاتٍ مِنْ أَوَّلِ سُورَةِ الْكَهْفِ عُصِمَ مِنَ الدَّجَّالِ” وفي رواية “من آخر سورة الكهف” [ رواه مسلم ]

އަބުއްދަރުދާ ރަޟިޔަ ﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. މާތްނަބިއްޔާ މުޙަމައްދު ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “ކަހްފު ސޫރަތުގެ ފުރަތަމަ ދިހަ އާޔަތް ހިތުދަސްކޮށްފި މީހާކު ދައްޖާލުގެކިބައިން ރައްކާތެރިވެގެންވެއެވެ.” އަދި ބައެއް ރިވާޔަތްތަކުގައި “ކަހްފުސޫރަތުގެ ފަހު ދިހައާޔަތް…”މިފަދައިންވެސްވާރިދުވެގެންވެއެވެ.

 

އަދިވެސް ރިވާވެގެންވެއެވެ. وقالرسولاللهصلىاللهعليهوسلم : “مَنْحَفِظَعَشْرَآيَاتٍمِنْأَوَّلِسُورَةِالْكَهْفِعُصِمَمِنْ“فِتْنَةِ”الدَّجَّالِ” [ صححهالألبانيفيسلسلةالأحاديثالصحيحة / 582 ]

ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “ކަހްފުސޫރަތުގެ ފުރަތަމަ ދިހަ އާޔަތް ހިތުދަސްކޮށްފި މީހާ ދައްޖާލުގެ “ފިތުނައި” ރައްކާތެރިވެގެންވެއެވެ.”

 

وقالصلىاللهعليهوسلم : “مَنْقَرَأَسُورَةَ“الْكَهْفِ”فِييَوْمِالْجُمُعَةِأَضَاءَلَهُمِنَالنُّورِمَابَيْنَالْجُمُعَتَيْنِ” [ صححهالألبانيفيصحيحالترغيبوالترهيب / 736 ]

ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. “ހުކުރު ދުވަހުގެ ކަހްފު ސޫރަތް ކިޔަވައިފި މީހާއަށް ދެން ޖެހިގެން އަންނަހުކުރާއި ހަމައަށް އަލިކޮށްދެނިވި ނޫރެއް ލެއްވިގެންވެއެވެ.” 

(الْحَمْدُ لِلَّـهِ الَّذِي أَنزَلَ عَلَىٰ عَبْدِهِ الْكِتَابَ وَلَمْ يَجْعَل لَّهُ عِوَجًا ۜ﴿١﴾ )

(الْحَمْدُ) މިއީ ﷲ ގެ ޛާތުފުޅުގައްޔާއި، ޞިފަފުޅުތަކުގައްޔާއި، ޢަމަލުފުޅުތަކުގައި އެކަލާންގެ އަށް ފުރިހަމަ އަށް ޙަމްދު ލިބިގެންވާ ކަމަށް ގަބޫލު ކުރުމެވެ. އެހެންކަމުން، (الْحَمْدُ) ގެ މާނައަކީ ﷲ ތަޢާލާ އަށް ލޯބިވުމާއި މަތިވެރި ކުރުމާއި އެކު އެކަލާންގެ އަށް ޙަމްދު ކުރުމެވެ. "

ލޯބިވުމާއި މަތިވެރި ކުރުމާއި އެކު އެކަލާންގެ އަށް ޙަމްދު ކުރުން" މިއީ ކޮންމެހެން ބޭނުން ޝަރްޠެކެވެ. ސަބަބަކީ ލޯބި ވުމާއި މަތިވެރި ކުރުމެއް ނެތި ޙަމްދު ކުރުމުން އެވާނީ މަދަޙަ އަށެވެ. އެހެންކަމުން، އިންސާނަކު މީހަކު ދެކެ ލޯބިނުވި ނަމަވެސް، އެމީހެއްގެ ފަރާތުން އެއްޗެއް ނުވަތަ ކަމެއް ބޭނުންވެގެން ޘަނާ ކިޔާފާނެއެވެ. މީގެ މިޘާލަކީ: ބައެއް ޅެންވެރިން ރަސްކަލުންގެ ކުރިމައްޗަށް އަރާ ފާޑުފާޑުގެ ޘަނާ ކިޔާ ހަދައެވެ. ނަމަވެސް، އެމީހުންގެ ހިތުގައި ޛައްރެއްގެ މިންވަރަށް ވެސް ލޯތްބެއް ކުލުނެއް އޮވެގެންނެއް ނޫނެވެ. ނަމަވެސް ރަސްގެފާނަށް ޘަނާ ކިޔާ ޅެން ކިޔާލުމުން ލިބޭ ފައިސާ ކޮޅަށް، ނުވަތަ އެކަން ނުކޮށްފިނަމަ ލިބިދާނެ ގެއްލުމަކަށް ވިސްނާފައި ޘަނާ ކިޔަނީއެވެ. 

އަޅުގަޑުމެން ﷲ އަށް ޙަމްދުކޮށް އެކަލާންގެ އަށް ޘަނާ ކިޔަނީ އެކަލާންގެ ދެކެ ލޯބި ވުމާއި އެކަލާންގެ މަތިވެރި ކުރުމާއި އެކުގައެވެ. 

(لِلَّـهِ) މިއީ ﷲ އަށް ޚާއްޞަ އިސްމުފުޅެކެވެ. ﷲ ފިޔަވާ އެހެންފަރާތަކަށް މި އިސްމުފުޅު ނުކިޔޭނެއެވެ.

)الَّذِي أَنزَلَ  ) ބާވާލެއްވި ފަރާތް

(عَلَىٰ عَبْدِهِ  ) އެކަލާންގެ އަޅާގެ މައްޗަށް، އެބަހީ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މައްޗަށް،

މިތަނުގައި (عَبْدِهِ  ) ގެންނަވާފައިވުމުގެ ޙިކްމަތަކީ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ އަކީ މީސްތަކުންގެ ތެރެއިން އެންމެ އަޅުވެތި އިންސާނާކަމަށް ވުން. 

މާތް ﷲ ތިން ޙާލަތެއްގައި ރަސޫލާ އަށް ( عَبْدِ ) ގެ ޞިފަ ދެއްވާފައިވޭ. އެއީ:

1. އެކަލޭގެފާނުގެ މައްޗަށް ގުރްއާން ބާވާލެއްވި ކަން ބަޔާން ކުރެއްވުމަށް، މިޘާލު: ސޫރަތުލް ކަހްފި ގެ ފުރަތަމަ އާޔަތް.(الْحَمْدُ لِلَّـهِ الَّذِي أَنزَلَ عَلَىٰ عَبْدِهِ الْكِتَابَ  )

2. އެކަލޭގެފާނު ދިފާޢު ކުރެއްވުމުގައި. މިޘާލު: ސޫރަތުލް ބަގަރާގެ 23 ވަނަ އާޔަތް ( وَإِن كُنتُمْ فِي رَيْبٍ مِّمَّا نَزَّلْنَا عَلَىٰ عَبْدِنَا فَأْتُوا بِسُورَةٍ مِّن مِّثْلِهِ وَادْعُوا شُهَدَاءَكُم مِّن دُونِ اللَّـهِ إِن كُنتُمْ صَادِقِينَ ﴿٢٣﴾ ) މާނައަކީ: "ތިމަންރަސްކަލާނގެ އަޅާއަށް (އެބަހީ: محمدގެފާނަށް) ތިމަންރަސްކަލާނގެ ބާވައިލެއްވި އެއްޗަކާމެދު (އެބަހީ: قرآنއާމެދު) ތިޔަބައިމީހުން شكކަމެއްގައި ވަނީނަމަ، ފަހެ ތިޔަބައިމީހުން އޭގައިވާފަދަ سورةއެއް ނިކަން ގެނެސްބަލާށެވެ! އަދި ތިޔަބައިމީހުން ތެދުވެރިން ކަމުގައި ވަނީނަމަ، اللَّهފިޔަވައި ތިޔަބައިމީހުންނަށް نصرދޭނޭ އެހީތެރިން (ތިބިނަމަ، އެއުރެން) ނަށް ނިކަން ގޮވައި، ގެނެސްބަލާށެވެ!"

3. އެކަލޭގެފާނާއިގެން އިސްރާ ކުރެއްވުނު ޙާދިޘާ ބަޔާން ކުރެއްވުމުގައި، މިޘާލު: (سُبْحَانَ الَّذِي أَسْرَىٰ بِعَبْدِهِ لَيْلًا مِّنَ الْمَسْجِدِ الْحَرَامِ إِلَى الْمَسْجِدِ الْأَقْصَى الَّذِي بَارَكْنَا حَوْلَهُ لِنُرِيَهُ مِنْ آيَاتِنَا ۚ إِنَّهُ هُوَ السَّمِيعُ الْبَصِيرُ ﴿١﴾) މާނައަކީ: "އެކަލާނގެ ހުސްطاهـرވަންތަކަމާއެވެ! އެކަލާނގެއީ، المسجدالحرامން، المسجدالأقصىއަށް އެކަލާނގެ އަޅާ، ރޭގަނޑުން ބައެއްގައި ގެންދެވި ރަސްކަލާނގެއެވެ. އެއީ އެތާނގެ ވަށައިގެން، ތިމަންރަސްކަލާނގެ بركاتލެއްވި ތަނެވެ. (އެއީ) ތިމަންރަސްކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިން ބައެއް، އެކަލޭގެފާނަށް ދެއްކެވުމަށްޓަކައެވެ. ހަމަކަށަވަރުން، އެކަލާނގެއީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ."

- ނުނިމޭ -

މިއަދު އޮންލައިން