އދ. އިން ރާއްޖެއަށް ހިއުމަން ރައިޓްސް އެޑްވައިޒަރެއް ކަނޑައަޅަނީ

ކިޔުމަށް ހޭދަވާނީ 1މ 4ސ
އދ. އިން ރާއްޖެއަށް ހިއުމަން ރައިޓްސް އެޑްވައިޒަރެއް ކަނޑައަޅަނީ

ރާއްޖޭގައި އިންސާނީ ހައްގުތައް ހިމާޔަތް ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމަށް އެހީތެރިވުމުގެ ގޮތުން އދ. އިން ރާއްޖެއަށް ހިއުމަން ރައިޓްސް އެޑުވައިޒަރަކު ކަނޑައެޅުމާ ގުޅޭގޮތުން މަޝްވަރާ ކޮށްފި އެވެ.

 

ފޮރިން މިނިސްޓްރީން ބުނެފައިވަނީ އެޑްވައިޒަރަކު ކަނޑައެޅުމަށް މަޝްވަރާ ކުރީ، ސްވިޒަލޭންޑްގެ ޖެނީވާގައި އިއްޔެ ބޭއްވި ހިއުމަން ރައިޓްސް ކައުންސިލްގެ 40 ވަނަ ހައިލެވެލް ސެގްމެންޓްގައި ބައިވެރިވުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެ ގައުމަށް ކުރައްވާ ދަތުރުގެ ތެރެއިން އދ.ގެ އިންސާނީ ހައްގުތަކާއިބެހޭ ޖަމިއްޔާގެ ރައީސް މިޗޭލް ބެޗެލޭއާ އެކު ބޭއްވި ބައްދަލުވުމުގައި ކަމަށެވެ.

 

މިކަމާއި ގުޅޭގޮތުން މަޝްވަރާ ކުރެވުނު ކަމަށް ފޮރިން މިނިސްޓްރީން ބުނި ނަމަވެސް، އެކަމާ ގުޅޭ އިތުރު މައުލޫމާތެއް އަދި އެމިނިސްޓްރީން ހާމަ ކޮށްފައެއް ނުވެއެވެ.

 

ނަމަވެސް، އދ. ހިއުމަން ރައިޓްސް ކޮމިޝަނަރާ އެކު ބޭއްވި ބައްދަލުވުމުގައި މިނިސްޓަރ ޝާހިދު ވަނީ އިންސާނީ ހައްގުތައް ހިމާޔަތް ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާ ބެހޭ މައުލޫމާތު ހިއްސާ ކުރައްވައިފަ އެވެ.

މިއަދު އޮންލައިން