ފޭރިގެންފައިވާ ފަލަސްޠީނުގެ ބިންތަކުން ޔަހޫދީން ވަގުތުން ފައިބައި ފަލަސްޠީނުގެ މައްސަލައަށް އަވަސް ހައްލެއް ގެނައުމަށް ރާއްޖެއިން ގޮވާލައިފިއެވެ. ރާއްޖޭގެ ފަރާތުން މިކަމަށް ގޮވައިލީ ގެނީވާގައި މިއަދު ކުރިއަށް ގެންދިއަ އދގެ އިންސާނީ ޙައްޤުތަކާއިބެހޭ ކައުންސިލުގެ ބައްދަލުވުމުގައި ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ކުރެއްވެވި ތަޤްރީރުގައެވެ.
ޝާހިދު ވިދާޅުވީ ޔަހޫދީން ކެނޑިނޭޅި ފަލަސްޠީނުގެ ރައްޔިތުންނަށް ދެމުން ގެންދާ ގެއްލުންތަކާއި ކުރަމުން ގެންދާ އަނިޔާތައް ހުއްޓުވެން ޖެހޭ ކަމަށެވެ. އަދި ރޮހިންޔާގެ މުސްލިމުންނަށް ކުރިމަތިވެފައިވާ މައްސަލަތަކަށްވެސް އަވަސް ހައްލެއް ބޭނުންވާ ކަމަށެވެ.
ފަލސްޠީނުގެ ރައްޔިތުންގެ ޙައްޤުގައި ރާއްޖެއިން އަބަދުވެސް ގެންދަނީ އަޑު އުފުލަމުންނެވެ. އަދި ރޮހިންޔާ މުސްލިމުންނަށް ކުރިމަތިވެފައިވާ މައްސަލައިގައިވެސް ގެންދަނީ އަޑުއުފުލަމުންނެވެ. ރާއްޖެއިން މިއަދު ލަދުވެތިވާން ޖެހެނީ މިޔަންމާގެ ވެރިކަމުގައި ހުރި ދަގަނޑު ސޫކީ ވެރިކަމަށް ގެނައުމަށް ރާއްޖެއިން ވެސް އަޑުއުފުލާފައިވާތީއެވެ.