ފައިވާން ވަގަށް ނެގީމާ ކަންބޮޑުނުވެ އެމީހަކަށް ހެޔޮ ދުޢާކުރާށެވެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 11ސ
ފައިވާން ވަގަށް ނެގީމާ ކަންބޮޑުނުވެ އެމީހަކަށް ހެޔޮ ދުޢާކުރާށެވެ!: މުފްތީ މެންކް

ފައިވާން ވަގަށް ނެގުމަކީ ވަރަށް ޢާންމު ކަމެކެވެ. ބައެއް ފަހަރު މިސްކިތަށް ދާތަނުންވެސް އެބަ ފައިވާން ވަގަށް ނަގައެވެ. އެއީ އެއްގޮތަކަށްވެސް ރުޅި އައިސް ކަންބޮޑުވާންވީ ކަމެއް ނޫނެވެ. އެފަދަ ކަމެއް މެދުވެރިވެއްޖެނަމަ އެމީހަކަށްޓަކައި ހެޔޮ ދުޢާކުރާށެވެ! 

މިހެން ބުނުމުން ބައެއް މީހުން ކަންބޮޑުވެދާނެއެވެ. ނަމަވެސް އިތުރު ވިސްނުމަކުން ވިސްނައިލާށެވެ! އެމީހާ އެކުރި ވައްކަމުގެ ސަބަބުން ތިބާއަށް ކުރާނީ ފައިދާއެވެ. ބަދަލު ދޭންވެސް ޖެހޭނެއެވެ. ބަދަލު ނުދީ ސަލާމަތެއްވެސް ނުވެވޭނެއެވެ. އެ ބަދަލު ތިބާއަށް ޤިޔާމަތް ދުވަހު ލިބޭނީ ފައިސާގެ ގޮތަކު ނޫނެވެ. އެންމެ ހެޔޮ ކަމަކަށްވެސް އިންތިހާއަށް އެދިއެދި ހުންނަ ވަގުތުގައެވެ. ހިސާބު ބައްލަވާ ވަގުތުގައެވެ. 

ފައިވާން ނެގުން ފަދަ ކަމެއް ކޮށްފިނަމަ މިސްކިތް ކައިރީ ހުރެ ރުޅި އައިސް އަޑުގަދަކުރަންވީއެއް ނޫނެވެ. އެއިރުން އުނިވާނީ ތިބާ ކުރާ ހެޔޮ އަމަލުތަކުންނެވެ. އެހެންވީމާ އަވަހަށް އެމީހަކަށް މާފުކުރާށެވެ! އެއިރުން ﷲ ތަޢާލާ ތިބާއަށް ދެއްވަވާ ސަވާބު މާގިނަވާނެއެވެ. 

ކިތަންމެ ފަހަރަކު އަހަރެންގެ ފައިވާން ވެސް ވަގަށް ނަގައިފިއެވެ. ދުވަހަކުވެސް ބަހެއް ނުބުނަމެވެ. ހަމަ ހިނގާލާފައި ގޮސް ފައިވާނެއް ގަންނަނީއެވެ.  

މިވާހަކަ ބުނެލަން މިޖެހުނީ ފައިވާން ވަގަށް ނެގުމުން ބައެއް މީހުން ރުޅި އައިސް އަޑުގަދަކުރާތަން ފެންނާތީއެވެ. މިސްކިތަށް އެރީ ސަވާބުހޯދާށެވެ! ލިބުނު ސަވާބުކޮޅު މިސްކިތުން ފައިބައި އުކައިލުމަކީ ކިހައި ދެކޮޅު ނުޖެހޭ ކަމެއް ހެއްޔެވެ؟ 

- މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން