އެއްވެސް މަޤާމަކަށް 2 މުސާރަ ނުލިބޭނެ ގޮތް ހަމަޖެއްސުމަށް ރިޔާޟް ރަޝީދު އެދިވަޑައިގެންފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 46ސ
އެއްވެސް މަޤާމަކަށް 2 މުސާރަ ނުލިބޭނެ ގޮތް ހަމަޖެއްސުމަށް ރިޔާޟް ރަޝީދު އެދިވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާކަން ކަމުގައިވީނަމަވެސް އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބްކަން ކުރައްވާފައިވާ ބޭފުޅަކަށް ނަމަވެސް ދައުލަތުގެ އެއްވެސް މަޤާމަކަށް 2 މުސާރަ ނުލިބޭނެ ގޮތް ހަމަޖެއްސުމަށް ވިލުފުށި ދާއިރާގެ މެންބަރު ރިޔާޟް ރަޝީދު އެދިވަޑައިގެންފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިޔާޟް ރަޝީދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ބޭފުޅުންނަސް މަޖިލީހުގެ މެންބަރުކަމަށް ކުރިމަތިލެއްވޭ ކަމަށާއި މިހާރުވެސް އެފަދަ ބޭފުޅަކު ވަނީ މަޖިލީހަށް ކުރިމަތިލައްވާފައި ކަމަށެވެ. އެހެންކަމުން މަޖިލީހުގެ މެންބަރުކަން ނުވަތަ މަޖިލީހުގެ ރައީސްކަން ނަމަވެސް ކުރީގެ ރައީސަކު ނުވަތަ ނައިބް ރައީސަކު ނަމަވެސް ކުރައްވާނަމަ 2 މުސާރަ އާއި އިނާޔަތް ދިނުމަކީ ކުރަން ހަމަޖެހޭ ކަމެއް ނޫން ކަމަށެވެ.

ރިޔާޟް ރަޝީދު މިމޭރުމުން ވިދާޅުވެފައިވާއިރު ކުރީގެ ރައީސް މުޙައްމަދު ނަޝީދު އާއި ކުރީގެ ނައިބް ރައީސް ޑރ. މުޙައްމަދު ޖަމީލް އަހްމަދު ގެންދަވަނީ 19 ވަނަ ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލައްވައި ވާދަކުރައްވަމުންނެވެ.

މިއަދު އޮންލައިން