ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު މިއަދު ޖެނީވާގައި ހުންނަ އދގެ ހިޔުމަން ރައިޓްސް ކައުންސިލުގައި ތަޤްރީރުކުރައްވާނެއެވެ. އެމަނިކުފާނު ތަޤްރީރް ކުރައްވަން ހަމަޖެހިފައިވަނީ މެންދުރު 2.00 ގައެވެ. އެއީ ރާއްޖޭ ގަޑިންނަމަ ހަވީރު 6.00 އެވެ.
ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ވަނީ މީގެ 11 އަހަރު ކުރިން އެއިރުގެ ޚާރިޖީވަޒީރުގެ ހައިޞިއްޔަތުން ޖެނީވާގައި ހުންނަ އދގެ ހިޔުމަން ރައިޓްސް ކައުންސިލުގައި ތަޤްރީރުކުރައްވައިފައެވެ.
ޢަބްދުﷲ ޝާހިދު ވަނީ ޖެނީވާއަށް ވަޑައިގަތުމުގެ ކުރިން އެމެރިކާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވައި ރާއްޖެއަށް އެމެރިކާގެ މާލީ އެހީތެރިކަން ހޯއްދަވަން މަސައްކަތް ކުރައްވައިފައެވެ.