ޖަމާއަތުގައި ނަމާދު ނުކުރަނީ ޤިޔާމަތް ދުވަހު މައިބަދައިގެ ކަށިތައް ދަގަނޑުފަދައިން ގުޅި ހަރުވެ، ސަޖިދަކުރަން ގުދުވަން އުޅުމުން ފުރަގަހަށް ވެއްޓޭ މީހުންގެ ތެރެއިން ވުމަށް ހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 57ސ
ޖަމާއަތުގައި ނަމާދު ނުކުރަނީ ޤިޔާމަތް ދުވަހު މައިބަދައިގެ ކަށިތައް ދަގަނޑުފަދައިން ގުޅި ހަރުވެ، ސަޖިދަކުރަން ގުދުވަން އުޅުމުން ފުރަގަހަށް ވެއްޓޭ މީހުންގެ ތެރެއިން ވުމަށް ހެއްޔެވެ؟

ބަނގި ގޮވުމުން އެއަޑު ނުއަހައި ދުނިޔޭގައި އުޅެމުންދާ މީހުން "އަލްޤަލަމް" ސޫރަތުގެ މި އާޔަތް ކިޔައި އުނގެނުން ރަނގަޅުވާނެއެވެ. އަދި ޖަމާއަތަށް ނަމާދަށް ގޮސް އުޅޭ މީހުންނަށް ވެސް ޖަމާއަތުގައި ނަމާދުކުރުމަށް މި ދެއާޔަތުން އިތުރު ހިތްވަރެއް ލިބިގެންދާނެއެވެ. 

"ކަންތައްތައް ބޮޑުވާ ދުވަސް (އެބަހީ ޤިޔާމަތް ދުވަސް) ހަނދުމަކުރާށެވެ! (އެދުވަހުން) އެއުރެންނަށް ސަޖިދަ ކުރުމަށް ގޮވައިލައްވާނެތެވެ. ފަހެ، އެއުރެންނަކަށް (އެކަމަކަށް) ކުޅަދާނަ ވެގެންނެއް ނުވާނެތެވެ." (42) "(އެއުރެން ތިބޭހުށީ) އެއުރެންގެ ލޯތައް ތިރިވެ، އެއރުރެންގެ މައްޗަށް ނިކަމެތިކަން ވެރިވެފައެވެ. ހަމަކަށަވަރުން، އެއުރެން ސަލާމަތުން ތިބިއިރު، ސަޖިދަ ކުރުމަށް ގޮވައިލައްވާ ކަމުގައިވިއެވެ." (43) 

ތަފްސީރު އިލްމުވެރިން ބަޔާން ކުރައްވާ ގޮތުގައި ޤިޔާމަތް ދުވަހު ސަޖިދަ ކުރުމަށް ގޮވައިލެއްވެވުމުން މުނާފިޤުންނަށާއި ކާފަރުންނަށް ސަޖިދަ ނުކުރެވޭ ފަދައިން ޖަމާއަތުގައި ނަމާދު ނުކުރާ މީހުންނަށްވެސް ސަޖިދައެއް ނުކުރެވޭނެއެވެ. އެއީ އެމީހުން ދުނިޔޭގައި އުޅުނުއިރު ޖަމާއަތުގައި ނަމާދު ނުކުރީތީއެވެ. ބަނގިއަށް އިޖާބަ ނުދިނީތީއެވެ. އެފަދަ މީހުންގެ މައިބަދައިގެ ކަށިތައް ހުންނާނީ ދަގަނޑުގަނޑެއްފަދައިން ގުޅިހަރުވެފައެވެ. ސަޖިދަކުރަން ގުދުވަން މަސައްކަތް ކުރުމުން ވެއްޓޭނީ ފުރަގަހަށެވެ.

- ޝައިޚް އިބްރާހީމް ފަރީދު އަޙްމަދު

މިއަދު އޮންލައިން