ޤައުމު މިވަނީ އިޙްތިރާމް ކުރުމާ ރިވެތި އަޚްލާޤަށް އަޚްލާގަށް އިންތިހާއަށް ބޭނުންވެފަ!: ފަޒްނާ އަޙްމަދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 34ސ
ޤައުމު މިވަނީ އިޙްތިރާމް ކުރުމާ ރިވެތި އަޚްލާޤަށް އަޚްލާގަށް އިންތިހާއަށް ބޭނުންވެފަ!: ފަޒްނާ އަޙްމަދު

ދިވެހި ޤައުމު މިވަނީ މިއިން ޒަމާނަކު ބޭނުންނުވާ ވަރަށް، އެކަކު އަނެކަކަށް އިޙްތިރާމް ކުރުމާ، އިހްސާންތެރިވުމާ، ކަމޭހިތުމާ، އެކަކު އަނެކެއްގެ އިހްސާސްތައް ދެނެގަތުމުގެ ސިފައާއި ރިވެތި އަޚްލާގަށް ބޭނުންވެފައި ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ފަޒްނާ އަޙްމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ މިއަދު ހެނދުނު ޤައުމީ މަންހަޖު މުރާޖަޢާ ކުރުމުގެ މަހާސިންތާ އިފްތިތާޙު ކޮށްދިނުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ދަރުބާރުގޭގައި ކުރިއަށްގެންދިއަ މި ރަސްމިއްޔާތުގައި އެކަމަނާ ވަނީ މަހާސިންތާގެ ހުރިހާ ބައިވެރިންގެ ކިބައިން ދަރިވަރުން ގައިގާ ރިވެތި "ސިފަ” އަށަގެންނެވުމަށް ޚާއްޞަ ސަމާލުކަމެއްދީގެން މަޝްވަރާކުރެއްވުމަށް އެދިވަޑައިގެންފައެވެ. އަދި ދިވެހިރާއްޖެއަށް ބޭނުންވެފައިވާ މައުނަވީ ބަދަލު ގެނެސްދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރައްވާނީ އެބޭފުޅުން ކަމުގައި އެކަމަނާ ފާހަގަކުރެއްވިއެވެ.

ފަޒްނާ އަޙްމަދުގެ ވާހަކަފުޅުގައި ވަނީ ދަރިވަރުންނަށް ކަންކަމާއިމެދު ވިސްނާ ފިކުރުކުރަން ދަސްކޮށްދިނުމުގެ މުހިންމުކަމުގެ މައްޗަށާއި، ތަފާތު ނަޒަރުން އެކިއެކި ކަންކަމާމެދު ސުވާލުކުރަން ދަސްކޮށްދިނުމަކީ މުހިންމު ކަމެއްކަމުގައި ފާހަގަކުރައްވައިފައެވެ.

މީގެ އިތުރުން ފަޒްނާ އަޙްމަދު ވަނީ ދަރިވަރުންނަށް އުނގެނުމަށް އުފާވެރި އަމާން މާހައުލެއް ބިނާކޮށްދެއްވުމަށް މުދައްރިސުންނަށް ބާރުއަޅުއްވައި އެކަން ކުރެއްވޭނެ ގޮތްތަކުގެ މައްޗަށް އަޅިއަޅުއްވައި ލައްވައިފައެވެ. އަދިއެކަމަނާ ވަނީ މަހާސިންތާގެ އެންމެހައި ބައިވެރިންގެ ކިބައިން އެބޭފުޅުންގެ މަސައްކަތްތައް އިޚްލާޞްތެރިކަމާ ހެޔޮނިޔަތާއެކު ކުރައްވައި ޤައުމީ މަސައްކަތެއްގެ ގޮތުގައި ޤައުމީ މަންހަޖު މުރާޖަޢާ ކުރުމުގެ މަސައްކަތް ކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.

ޤައުމީ މަންހަޖު އިސްލާހުކުރުމަށް މިފަދަ މަހާސިންތާއެއް ބޭއްވެވުމަކީ ރައީސުލްޖުމްހޫރިއްޔެ ވަޢުދުފުޅެކެވެ.

މިއަދު އޮންލައިން