ހިލޭ ހެލްމެޓް ލިބޭ ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމްގަ 2 ގަޑިއިރު ތެރޭ 500 އަށްވުރެ ގިނަ މީހުން ނަން ހުށަހަޅައިފި

އަހުމަދު
ކިޔުމަށް ހޭދަވާނީ 1މ 1ސ
ހިލޭ ހެލްމެޓް ލިބޭ ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމްގަ 2 ގަޑިއިރު ތެރޭ 500 އަށްވުރެ ގިނަ މީހުން ނަން ހުށަހަޅައިފި

ޓްރާންސްޕޯރޓް އޮތޯރިޓީން ހިންގާ ހިލޭ ހެލްމެޓް ލިބޭ، ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވައިލުމުން 2 ގަޑިއިރު ތެރޭ 500 އަށްވުރެ ގިނަ މީހުން ނަން ހުށަހަޅާފައިވާ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ބުނެފިއެވެ. 

ނޫސްވެރިންނަށް މައުލޫމާތު ދެމުން މިއަދު ބުނީ ޕޯޓަލެއް މެދުވެރިކޮށް ނަން ނޯޓު ކުރަން ހުޅުވައިލީ 12 ޖެހި އިރު ކަމަށާއި ފުރަތަމަ 2 ގަޑިއެއްހައި އިރުތެރޭވެސް 500 އަށްވުރެ ގިނަ މީހުން ނަން ނޯޓްކޮށްފައިވާ ކަމަށެވެ. އަދި ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމް ހިންގާނީ ނަން ނޯޓުކުރާ ތަރުތީބުން ކަމަށެވެ. 

މިތަމްރީނު ޕްރޮގްރާމްގައި މައުލޫމާތު ދެނީ ބާރު ސްޕީޑްގައި ދުއްވުމުން ލިބޭ ގެއްލުމާއި މަގުމަތީގެ އަދަބުތަކާއި އަދި އުޅަނދު ދުއްވުމުގެ ޤަވާއިދުތަކާއި އަދި ފަސްޓް އެއިޑް ދިނުމާއި ބެހޭ ގޮތުންނެވެ. 

މާލެ ސަރަހައްދަށް ބަހަން ހަމަޖެހިފައިވަނީ 2500 ހެލްމެޓެވެ. މީގެ އިތުރުން ކުޑަކުދިންގެ 500 ހެލްމެޓުން ވެސް ބައެއް ބަހާނެއެވެ. 

މާރިޗްމަހުގެ 10 ވަނަ ދުވަހުން ފެށިގެން ބްރިޖާއި ހައިވޭގައި ދުއްވޭނީ ހެލްމެތް އަޅައިގެންނެވެ. މި ޕްރޮގްރާމްގައި ބައިވެރިވެވެނީ ލައިސަންސް ލިބިފައިވާ މީހުންނަށެވެ.

 

މިއަދު އޮންލައިން