ދިވެހީންގެ ތަރައްޤީ އާ ޞުލްޙަ މަސަލަސްކަމާ އެއްބައިވަންތަކަން ޤާއިމުކޮށްދެނީ މާދަރީ ބަސް ދިވެހި ބަހުން: ރައީސް ޞާލިޙް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 40ސ
ދިވެހީންގެ ތަރައްޤީ އާ ޞުލްޙަ މަސަލަސްކަމާ އެއްބައިވަންތަކަން ޤާއިމުކޮށްދެނީ މާދަރީ ބަސް ދިވެހި ބަހުން: ރައީސް ޞާލިޙް

އަޅުގަނޑުމެން ދިވެހީންގެ ތަރައްޤީއާއި ޞުލްޙަ މަސަލަސްކަމާއި އެއްބައިވަންތަކަން ޤާއިމުކޮށްދެނީ އަޅުގަނޑުމެންގެ މާދަރީ ބަސް ދިވެހި ބަހުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިމޭރުމުން ވިދާޅުވެފައިވަނީ މިއަދު ފާހަގަކުރާ ބައިނަލްއަޤްވާމީ މާދަރީ ބަހުގެ ދުވަހުގެ މުނާސަބަތުގައި ދިވެހީންގެ މާދަރީބަހުގެ އަހުލުވެރީންނަށް މަރުޙަބާއާއި ތަހުނިޔާ ވިދާޅުވެ ތާނައަކުރުން ލިޔުއްވައި ކުރެއްވި ޓްވީޓެއްގައެވެ.

"ބައިނަލްއަޤްވާމީ މާދަރީ ބަހުގެ ދުވަހުގެ މުނާސަބަތުގައި ދިވެހީންގެ މާދަރީބަހުގެ އަހުލުވެރީންނަށް މަރުޙަބާއާއި ތަހުނިޔާ ދަންނަވަމެވެ. އަޅުގަނޑުމެން ދިވެހީންގެ ތަރައްޤީއާއި ޞުލްޙަ މަސަލަސްކަމާއި އެއްބައިވަންތަކަން ޤާއިމުކޮށްދެނީ އަޅުގަނޑުމެންގެ މާދަރީ ބަސް ދިވެހި ބަހުންނެވެ."

 

https://twitter.com/ibusolih/status/1098456687206293504

 

މިއަދު އޮންލައިން