ބަރަހަނާ ވެބްސައިޓުތައް ބްލޮކް ކުރުމަކީ ދީނީ ގޮތުންވެސް އަދި ޤާނޫނީ ގޮތުންވެސް ކުރަންޖެހޭ ކަމެއް: ޝައިޚް ޝަފީޢް ޢަބްދުﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 39ސ
ބަރަހަނާ ވެބްސައިޓުތައް ބްލޮކް ކުރުމަކީ ދީނީ ގޮތުންވެސް އަދި ޤާނޫނީ ގޮތުންވެސް ކުރަންޖެހޭ ކަމެއް: ޝައިޚް ޝަފީޢް ޢަބްދުﷲ

ދިވެހިރާއްޖެއަކީ 100% މުސްލިމް ޤައުމެއްގެ ގޮތުގައި ލިސްޓް ކުރެވޭ 2 ޤައުމުގެ ތެރެއިން ޤައުމެކެވެ. ދެން އޮތީ ސައުދިއަރަބިޔާއެވެ. ސައުދިއަރަބިޔާގައި ބަރަހަނާ ސައިޓުތަކަކަށް ނުވަދެވެއެވެ. ރާއްޖޭގައިވެސް އެފަދަ ވެބްސައިޓުތައް ބްލޮކް ކުރެވެން ޖެހޭނެއެވެ.  

ދީނީ ގޮތުންވެސް އަދި ޤާނޫނީ ގޮތުންވެސް ހޯމް މިނިސްޓްރީ ފަދަ އެންމެ ޒިންމާ ބޮޑު މިނިސްޓްރީގައި ޝައިޚް އިމްރާން ފަދަ ދީނީ ޢިލްމުވެރިއަކު ހުންނެވުމާއިއެކު ބަރަހަނާ ވެބްސައިޓުތައް ބްލޮކްކުރެވެން ޖެހޭނެއެވެ. 

އެކަން ވީހައި އަވަހަކަށް ކުރައްވަވާނެ ކަމުގެ ޚަބަރު ލިބިގެން ދިއުމަކީ ކުރެވޭ ވަރަށް ބޮޑު އުންމީދެކެވެ. މިއީ ވެރިންގެ މައްޗަށް އޮތް ދީނީ ވާޖިބެކެވެ. މިވާޖިބު ވީހައި އަވަހަކަށް އަދާކުރެއްވުމަށް ގޮވާލަމެވެ.

- ޝައިޚް ޝަފީޢް ޢަބްދުﷲ

މިއަދު އޮންލައިން