ވިލިނގިއްޔަށާއި، ކޫއްޑޫއަށް ކުރައްވާ ދަތުރުފުޅެއްގައި ރައީސް ޞާލިޙް ފުރާވަޑައިގެންފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 37ސ
ވިލިނގިއްޔަށާއި، ކޫއްޑޫއަށް ކުރައްވާ ދަތުރުފުޅެއްގައި ރައީސް ޞާލިޙް ފުރާވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިއްޔަށާއި، ކޫއްޑޫއަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު މެންދުރުފަހު ފުރާވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅަކީ "މަސްދޯނި އެކައުންޓް" އިފްތިތާޙްކޮށްދެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ. މީގެ އިތުރުން މި ދަތުރުފުޅުގައި ގއ. އަތޮޅު ކައުންސިލާ ބައްދަލުކޮށްލެއްވުމާއި، ވިލިނގިލި ކައުންސިލާ ބައްދަލުކޮށްލެއްވުމުގެ އިތުރުން ވިލިނގިލީ މުވައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކޮށްލެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ މާލެ ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ މިރޭގެ ވަގުތެއްގައެވެ.

 

 

 

މިއަދު އޮންލައިން