މައްސަލަ ބަލާ ނިމެންދެން ފެން ކުންފުނީގެ ޗެއާމަން ވެސް ގޭގައި މަޑުކުރައްވަން އަންގަވައިފި!

ކިޔުމަށް ހޭދަވާނީ 45ސ
މައްސަލަ ބަލާ ނިމެންދެން ފެން ކުންފުނީގެ ޗެއާމަން ވެސް ގޭގައި މަޑުކުރައްވަން އަންގަވައިފި!

ފެން ކުންފުނީގެ ޗެއާމަން އަދި އަހްމަދު މައުސޫމް ގޭގައި މަޑުކުރަން ރައީސް އޮފީހުން އަންގަވައިފި އެވެ.

މައުސޫމް އަކީ އެމްޑީޕީގެ ޗެއާޕާސަން ގެ ކުރީގެ ނައިބު ވެސް މެއެވެ. 

އެނގިފައިވާ ގޮތުގައި ރައީސް އޮފީހުން މިގޮތަށް އެންގީ މައުސޫމްގެ ހިއްސާ އޮންނަ ދެ ކުންފުންޏަކަށް އެމްްެމްޕީއާރްސީގެ ޚިޔާނާތު ފައިސާ ޖަމާކޮށްފައިވާ، އެސްއޯއެފުން 6.1 މިލިއަން ޑޮލަރު ނުވަތަ 93.5 މިލިއަން ރުފިޔާ ޖަމާކޮށްފައިވާ މައްސަލާގަ އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު މިއަދު ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވާފައިވާ ގޮތުގައި މައުސޫމް ވެސް ގޭގައި މަޑުކުރަން ރައީސުލްޖުމްހޫރިއްޔާ އެންގެވީ އެމްއެމްޕީއާރްސީގެ މައްސަލާގައި އޭސީސީން ނެރުނު ރިޕޯޓުގައި މައުސޫމްގެ ހިއްސާ އޮންނަ ކުންފުންޏެއްގެ މައްސަލައެއް ހިމެނޭތީ އެކަންކަން ބަލައި ނިމެންދެން ކަމަށެވެ. 

މިއަދު އޮންލައިން