އެންމެ ބޮޑު ކަންބޮޑުވުމަކީ ޤަވާއިދާ ޚިލާފަށް ދުއްވައިގެން ގިނަ އަދަދެއްގެ އެކްސިޑެންޓްތައްވެ ގިނަ ބައަކަށް ބޮޑެތި އަނިޔާތައް ލިބޭކަން: އައިޝަތު ނަހުލާ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 57ސ
އެންމެ ބޮޑު ކަންބޮޑުވުމަކީ ޤަވާއިދާ ޚިލާފަށް ދުއްވައިގެން ގިނަ އަދަދެއްގެ އެކްސިޑެންޓްތައްވެ ގިނަ ބައަކަށް ބޮޑެތި އަނިޔާތައް ލިބޭކަން: އައިޝަތު ނަހުލާ

މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު ކަންބޮޑުވުމަކީ ޤަވާއިދާ ޚިލާފަށް ދުއްވައިގެން ގިނަ އަދަދެއްގެ އެކްސިޑެންޓްތައްވެ ގިނަ ބައަކަށް ބޮޑެތި އަނިޔާތައް ލިބެމުންއަންނަކަން ކަމުގައި ޓްރާންސްޕޯޓް އެންޑް ސިވިލް އެވިއޭޝަން މިނިސްޓަރު ޢައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

ޢައިޝަތު ނަހުލާ މިމޭރުމުން ވިދާޅުވެފައިވަނީ ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ރޭ ވާހަކަފުޅު ދައްކަވަމުންނެވެ.

ޢައިޝަތު ނަހުލާ ވިދާޅުވީ ވެހިކަލް ދުއްވާއިރު އެމީހެއްގެ އަމިއްލަ ސަލާމަތަށާއި އެހެންމީހުންގެ ސަލާމަތަށް ބަލަން ޖެހޭނެ ކަމަށެވެ. އަދި ކޮންމެ މީހަކުވެސް ވެހިކަލް ދުއްވަން ވާނީ އެކަމަށް ކަނޑައެޅިފައިވާ ޤަވާއިދާއި އެއްގޮތަށް ކަމަށެވެ.

ޢައިޝަތު ނަހުލާ މިމޭރުމުން ވިދާޅުވެފައިވާއިރު ރޭ ވެސް ފުވައްމުލަކުގައި ވަނީ ދެސައިކަލު ޖެހި 3 މީހަކަށް އަނިޔާވެފައެވެ.

ފުލުހުން ނާއި ހަވާލާދީ ފުވައްމުލައް އޮންލައިން ނޫހުގައި ބުނެފައިވަނީ 10:16 ހާއިރު ފުވައްމުލަކު ފުނާޑު ފާކު ކައިރިން ތާރު މަގުން ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގައި ދެ ފިރިހެނުންނާއި އަންހެނަކަށް އަނިޔާވެފައިވާ ކަމަށާއި އެ ތިން މީހުންނަށް ވެސް ފުވައްމުލަކު ހޮސްޕިޓަލުގައި ފަރުވާދީފައިވާ ކަމަށެވެ.

މިއަދު އޮންލައިން