މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ މީޑިއާ ޑިޕާޓްމެންޓުގެ ޑިރެކްޓަރަކަށް ކުރީގެ ނޫސްވެރިޔާ ހަފްސީ އަބްދުﷲ އައްޔަނު ކުރައްވައިފިއެވެ.
ކުޅިވަރު ނޫސްވެރިއެއްގެ ގޮތުގައި ގިނަ އަހަރުތަކެއް ވަންދެން ދައުލަތުގެ މީޑިއާގައި މަސައްކަތް ކުރައްވާފައިވާ ހަފްސީ އަށް، މިމަގާމަށް އައްޔަނު ކުރައްވާފައިވަނީ މިމަހުގެ 14 ވަނަ ދުވަހުއެވެ.
ދައުލަތުގެ މީޑިއާގައި 13 އަހަރު ވަންދެން މަސައްކަތް ކުރެއްވުމަށްފހު މިދިޔަ އަހަރުގެ ސެޕްޓެމްބަރ މަހު އޭނާ އިސްތިއުފާ ދެއްވީ، ޕީއެސްއެމް އިން ހަމަހަމަކަމާއެކު ޚަބަރު ފަތުރަމުން ނުދާ ކަމަށް ބުނެއެވެ.
ހަފްސީ ވަނީ މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީން ވާދަ ކުރާނެ ކެންޑިޑޭޓުން ހޮވުމަށް ބޭއްވި ޕްރައިމެރީގައި މަނަދޫ ދާއިރާއަށް ވެސް ވާދަ ކުރައްވާފައެވެ.