ރަސްމާލެ ތަރައްގީކުރުމުގެ މަސައްކަތަށް ކޮންސަލްޓެންޓެއް ހޯދަން އިއުލާންކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 46ސ
ރަސްމާލެ ތަރައްގީކުރުމުގެ މަސައްކަތަށް ކޮންސަލްޓެންޓެއް ހޯދަން އިއުލާންކޮށްފި

ރަސްމާލެ ތަރައްގީކުރުމުގެ މުހިންމު މަޝްރޫއުގެ މާސްޓަރ ޕްލޭން ތައްޔާރުކުރުމަށް ކޮންސަލްޓެންސީ ދޭނެ ފަރާތެއް ހޯދުމުގެ މަސައްކަތް ސަރުކާރުން ފަށައި، އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި މަސައްކަތާ ގުޅޭގޮތުން ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާއިން ވިދާޅުވީ، ޝަރުތުހަމަވާ ފަރާތްތަކުން ބީލަން ތައްޔާރުކުރުމަށް ބޭނުންވާ މައުލޫމާތު ސާފުކުރުމުގެ ފުރުސަތު މި މަހުގެ 16 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށް ހުޅުވާލެވިފައިވާ ކަމަށެވެ. އަދި މި ބީލަމާ ގުޅިގެން ވަކިން މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް ކުރިއަށް ނުގެންދާނެ ކަމަށްވެސް އެ ވުޒާރާއިން ވަނީ ހާމަކުރައްވާފައެވެ.

މި މަޝްރޫއަށް ކޮންސަލްޓެންސީ ދިނުމަށް އެދޭ ފަރާތްތަކުން ބީލަން ހުށަހެޅުން އޮންނާނީ އަންނަ ޑިސެމްބަރު މަހުގެ 2 ވަނަ ދުވަހުގެ ހެނދުނު 09:00 ގައި ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާގައެވެ.

މިއަދު އޮންލައިން