ސިވިލް ސަރވިސްއިން ވަކިވެފައިވާ ފަރާތްތަކަށް އަލުން ވަޒީފާއާ ގުޅުމުގެ ފުރުޞަތު ހުޅުވާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 3ސ
ސިވިލް ސަރވިސްއިން ވަކިވެފައިވާ ފަރާތްތަކަށް އަލުން ވަޒީފާއާ ގުޅުމުގެ ފުރުޞަތު ހުޅުވާލައިފި

ސިވިލް ސަރވިސްއިން ވަކިވެފައިވާ ފަރާތްތަކަށް އަލުން ވަޒީފާއާ ގުޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި ފުރުޞަތު ދެވެނީ ލައިސަންސް/ރަޖިސްޓްރޭޝަން ދޫކުރާ ފަންނުތަކުގައި ވަޒީފާއަދާކޮށް އެކިއެކި ސަބަބުތަކަށްޓަކައި ޚިދުމަތުން ދުރުވެފައިވާ ފަރާތްތަކާއި ފުލްޓައިމްކޮށް މަސައްކަތް ކުރުމަށް އުޒުރުވެރިވާ މީހުންނަށެވެ.

މީގެ އިތުރުން، ސިވިލް ސަރވިސްގެ އިދާރީ މަގާމުތަކުގައި ވަޒީފާއަދާކޮށް އެކިއެކި ސަބަބުތަކަށްޓަކައި ޚިދުމަތުން ދުރުވެފައިވާ ފަރާތްތަކަށްވެސް މި ފުރުޞަތު ލިބޭނެއެވެ. ނަމަވެސް، ފްރަންޓް އޮފީހުގެ ކައުންޓަރުގައި ޚިދުމަތްދޭ ވަޒީފާއާއި ހިންގުމުގެ އިސް ފަންތީގެ ވަޒީފާތަކަށް މި ފުރުޞަތު ނުލިބޭނެއެވެ.

މި އުސޫލުގެ މައިގަނޑު މަޤްޞަދަކީ ފަންނީ ދާއިރާތަކަށް މީހުން ލިބުމުގައި ހުރި ދަތިތަކަށް ހައްލު ހޯދުމާއި، އެކިއެކި ދާއިރާތަކުން ތަޖުރިބާ ހުރި ފަރާތްތަކަށް މަސައްކަތް ކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމެވެ.

މި އުސޫލުގެ ދަށުން ވަޒީފާއަށް އައްޔަންކުރެވޭނީ ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ ޝަރުތުތައް ފުރިހަމަވާ މީހުންނެވެ. އެގޮތުން، ވަޒީފާއަށް އެދި ހުށަހަޅާ ފަރާތަކީ ވަޒީފާއިން މުސްކުޅިކޮށްފައިވާ ފަރާތަކަށް ނުވުމާއި، އުމުރުން 60 އަހަރަށް ވުރެ ދޮށީ މީހަކަށް ނުވުން ލާޒިމެވެ.

މި ފުރުޞަތު ހުޅުވާލުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ޚާއްސަ ނިންމެވުމެއްކަން ފާހަގަކޮށްލެވެއެވެ.

މިއަދު އޮންލައިން