ކައުންސިލްތަކާއި މަޖިލިސް މެންބަރުނެގެ އަދަދު މަދުކޮށް ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށް ބާއްވަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 31ސ
ކައުންސިލްތަކާއި މަޖިލިސް މެންބަރުނެގެ އަދަދު މަދުކޮށް ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށް ބާއްވަނީ

ޚަރަދު ކުޑަކުރުމަށް ރަށު ކައުންސިލްތަކާއި ރައްޔިތުންގެ މަޖިލިސް މެންބަރުނެގެ އަދަދު މަދުކޮށް ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށް ބާއްވަން ބޭނުންވެވަޑައިގަންނަވާ ކަމަށާއި އެކަން ކުރަން ގާނޫނުއަސާސީއަށް ގެންނަންޖެހޭ އިސްލާހުތައް ސަރުކާރުގެ ފަރާތުން ހުށަހަޅުއްވާނެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ޕީއެންސީ ހަރުގޭގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ، ޤައުމުގެ ކަންކަން ނިންމަން ދައުލަތުގެ އިސްވެރިޔާގެ ގޮތުގައި އެންމެ މީހަކު ހޮވާއިރު ކުޑަ އާބާދީއެއް އޮންނަ ރަށެއްގައި ގިނަ ޢަދަދެއްގެ މެންބަރުން އިންތިޚާބު ކުރުމަކީ ޚަރަދުބޮޑު ކަމެއް ކަމަށެވެ. 

"ކައުންސިލުގެ ސައިޒު ކުޑަ ކުރުމަކީ ރައްޔިތުންގެ ޓްރޫ ރިޕްރެޒެންޓޭޝަން ދޫކޮށްލުމެއް ނޫން. އެއްގޮތަކަށް ވެސް އެހެނެއް ނޫން. މިސާލަކަށް ދަންނަވަންޏާ، މުޅި ގައުމުގެ ކަންކަން ނިންމަން ދައުލަތުގެ އެންމެ އިސް ވެރިޔާގެ ގޮތުގައި މި ހޮވަނީ އެންމެ މީހެއް. އެހެންވީމަ ރަށެއްގެ 300 މީހުން، 500 މީހުން، ހާހެއްހާ މީހުންގެ ރަށެއްގައި ފަސް މީހުން، ހަތް މީހުން ހޮވުމަކީ ވަރަށް ހަރަދު ބޮޑު ކަމެއް،" އެމަނިކުފާނު ވިދާޅުވި އެވެ.

މީގެއިތުރުން ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށް ބާއްވައިފިނަމަ ވަރަށް ބޮޑުތަނުން ހަރަދު ކުޑަވާނެ ކަމަށާއި އެއިރުން ގާތްގަނޑަކަށް 120 މިލިއަން ރުފިޔާ ސަލާމަތްވާނެ ކަމަށެވެ. އަދި މަޖިލިސް މެންބަރުންގެ އަދަދުވެސް އިތުރުވަމުންދާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެންމެ ރަނގަޅުގޮތަކީ 17 ވަނަ މަޖިލީހާއެއްގޮތަށް 77 މެންބަރުންނަށް އަދަދު ދަށްކުރުން ކަމަށެވެ. އޭގެ ސަބަބުން މަޖިލީހަށް ކުރަންޖެހޭ ޚަރަދު ކުޑަވެގެންދާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

 

މިއަދު އޮންލައިން