އެސެޓް ރިކަވަރީ ޤާނޫނެއް ހެދުމުގެ މަސައްކަތް ފަށައިފިން: ރައީސް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 18ސ
އެސެޓް ރިކަވަރީ ޤާނޫނެއް ހެދުމުގެ މަސައްކަތް ފަށައިފިން: ރައީސް

އެސެޓް ރިކަވަރީ ޤާނޫނެއް ހެދުމުގެ މަސައްކަތް ފަށްޓަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މިރޭ ޕީއެންސީ ހައުސްގައި ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާލުވީ، ކޮރަޕްޝަން ފަދަ ކަންކަމުން ދައުލަތުން ވަގަށް ނަގާފައިވާ ފައިސާ އަނބުރާ ހޯއްދަވާނެކަމަށެވެ.

ރައީސް ވިދާޅުވީ މިހާރު ހުރި ޤާނޫނުތަކުން ދައުލަތުގެ ހަޒާނާއިން ގެއްލިފައިވާ ފައިސާ ހޯދުމަށް ދަތިތައް އެބަހުރި ކަމަށާއި އެހެންކަމުން، އެސެޓް ރިކަރަވީއަށް ޚާއްސަ ޤާނޫނެއް ފާސްކުރުމަށް މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށެވެ. އެކަން ކުރުމަށް ބިލު މިހާރު އެކުލަވައިލުމުގެ މަސައްކަތް ކުރައްވަމުންދާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"އިންޓަނޭޝަނަލް މިންގަނޑުތަކަށް ފެތޭ، އެހެން ޤައުމުތަކުގެ މިކަންކުރާ އިންޓަނޭޝަނަލް ބޮޑީތަކުގެ ރިކޮމެންޑޭޝަނަށް ބަލައި، އެއާ އެއްގޮތަށް މި ބިލް ތައްޔާރުކުރެވޭނީ. އޭރަށް އިރާދަކުރެއްވިއްޔާ ހަމައެކަނި ރާއްޖޭގައި ވައްކަންކޮށްގެން ރައްކާކޮށްފައިވާ ފައިސާއެއް ނޫން. ރާއްޖޭން ބޭރަށް އެއްޗެއް ގެންގޮސްފައި ހުރިއްޔާ އެ އެއްޗެއްވެސް ހޯދުމުގައި މިހާރަށްވުރެ ފަސޭހަވެގެންދާނެ،" ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީގެ މައްސަލައަކީ ކޮރަޕްޝަނުގެ އެންމެ ބޮޑު އެއް މައްސަލަ ކަމަށާއި އެ ވައްކަން ކުރި ފަރާތްތައް ދެނެގަނެ އެއީ ކޮންމެ މީހެއް ކަމުގައިވިޔަސް ޙައްގު އަދަބުދީ، އެ ފައިސާ އަނބުރާ ހޯދުމަށް ކުރަން ޖެހުނު ކޮންމެ ކަމެއް ކުރައްވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މިއަދު އޮންލައިން