މުސްލިމުން 2 ޢީދުވެސް ފަށަނީ ﷲ ތަޢާލާ މަތިވެރިކުރަމުން! ތަކްބީރުން! ޢީދު ނަމާދުން! ވިއްދައިގެން ﷲ ތަޢާލާ ނަހީކުރެއްވެވި ކަންކަން ކުރަންހެޔޮވާނީ ކިހިނެއްތަ؟

އަހުމަދު
ކިޔުމަށް ހޭދަވާނީ 1މ 36ސ
މުސްލިމުން 2 ޢީދުވެސް ފަށަނީ ﷲ ތަޢާލާ މަތިވެރިކުރަމުން! ތަކްބީރުން! ޢީދު ނަމާދުން! ވިއްދައިގެން ﷲ ތަޢާލާ ނަހީކުރެއްވެވި ކަންކަން ކުރަންހެޔޮވާނީ ކިހިނެއްތަ؟

މުސްލިމުންނަށް އަންނަނީ 2 ޢީދެވެ. ކޮންމެ ޢީދެއްވެސް ފަށަނީ ތަކްބީރުކިޔައި ﷲ ތަޢާލާ މަތިވެރިކުރަމުންނެވެ. ޢީދުނަމާދުންނެވެ. ނަމާދު ނިންމަނީ ޚުޠުބާއިންނެވެ. ޚުޠުބާގައި ދޭ އެއް ނަޞޭޙަތަކީ ޢީދު ފާހަގަކުރަން ﷲ ތަޢާލާ ނަހީކުރައްވަވާފައިވާ، އެކަލާނގެ ރުހިވޮޑިނުގަންނަވާނެ ކަންކަން ނުކުރުމެވެ. 

ދެން ނަމާދުން ފައިބައިގެންގޮސް ﷲ ތަޢާލާ ނަހީކުރައްވަވާފައިވާ، އެކަލާނގެ ރުހިވޮޑިނުގަންނަވާނެ ކަންކަންކުރީމާ ޢަމަލުމިކުރެވެނީ ކޮން ގޮތަކަށް ހެއްޔެވެ؟ ޢިޝާ ނަމާދުވެސް ކުރަމުއެވެ. ޢިޝާނަމާދަށްފަހުގައިވެސް ތަކްބީރުކިޔައި ﷲ ތަޢާލާ މަތިވެރިކުރަމުއެވެ. ނަމާދުން ފައިބައިގެން ގޮސް މިޔުޒިކް ޝޯތަކުގައި ބައިވެރިވީމާ މިކުރެވެނީ ކޮންކަމެއް ހެއްޔެވެ؟ 

ވިސްނައިލާށެވެ! މިޔުޒިކް ޙަރާމްކަން ޤުރާނުން އެނގެން އެބައޮތެވެ! މިޔުޒިކާ އެހެންވެސް ޙަރާމް ކަންކަން ހުއްދަކުރާނެ ބައަކު އަންނާނެކަން ޙަދީޘްފުޅުން ޘާބިތެވެ! ވީމާ ޢަމަލުތައް އިޞްލާޙްކުރަމާ ހިނގާށެވެ! ތައުބާވާށެވެ! ކުރިއަށް ހުރި ޢީދުތަކުގައި ސަލާމަތްކަން ހޯދާށެވެ!    

މާތް ނަބިއްޔާ ޙަދީޘް ކުރެއްވިއެވެ.

ޒިނޭއާއި، ފަށުވިފޭރާމާއި، ބަނގުރަލާއި، މިޔުޒިކް ސަމާނު ޙަލާލުކުރާ ބަޔަކު ތިމަން ކަލޭގެފާނުގެ އުއްމަތުގެ ތެރެއިން ފާޅުވާނެކަން ކަށަވަރެވެ.

ރިވާކުރެއްވީ: އަލްބުހާރީ 5590

ދެން ބުނާށެވެ! "ތިއޮތީ މިޔުޒިކްކުޅޭ ސާމާނުގެ ވާހަކަ ނޫންހެއްޔެވެ؟" ބައްލަވަ! އެއެއްޗެއް ޙަރާމްވީމާ އެއްޗަކުން ނެރޭ އަޑުތައް ޙަލާލްވަނީހެއްޔެވެ؟

"ނުދަނެތިބެ، اللَّه ގެ މަގުން (މީސްތަކުން) އެއްކިބާކޮށް، އަދި މަލާމާތުގެ ގޮތުގައި ބޭނުންކުރުމަށްޓަކައި ފައިދާއެއްނެތް ވާހަކަ ގަންނަ މީހުންވެސް، މީސްތަކުންގެ ތެރެއިން ވެއެވެ. އިހާނެތިކަންދެނިވި ޢަޛާބް އެއުރެންނަށްހުށްޓެވެ." (ލުޤްމާން: 6) 

މިއާޔަތުގައި ބަޔާންކުރައްވަވާފައިއެވަނީ ބޭކާރުވާހަކަތަކާއި މިޔުޒިކާއި ލަވަކިޔުންކަން ތިރިގައިވާ ލިޔުމުން ޔަޤީންކޮށްލައްވާށެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

ގުޅުންހުރި ލިޔުން:

https://islamqa.info/en/answers/5000/is-music-haram#evidence-of-prohibition-of-music-and-singing-in-the-quran-and-sunnah

މިއަދު އޮންލައިން