އެމީހެއްގެ ފުރާނަހިއްޕަވާއިރު މަލާއިކަތުން ކޯފާއިސްކުރައްވަވައި އެމީހާގެ މޫނުގަ ޖައްސަވާނެ މީހުން-

އަހުމަދު
ކިޔުމަށް ހޭދަވާނީ 2މ 45ސ
އެމީހެއްގެ ފުރާނަހިއްޕަވާއިރު މަލާއިކަތުން ކޯފާއިސްކުރައްވަވައި އެމީހާގެ މޫނުގަ ޖައްސަވާނެ މީހުން-

މަލާއިކަތުންނަކީ އެބޭކަލުންނަށް އެކަމެއް ކުރަން ﷲ ތަޢާލާ އަމުރުފުޅު ކުރެއްވެވި ކަމެއް މެނުވީ ކުރައްވަވާނެ ބޭކަލުންނެއް ނޫނެވެ. ވީމާ ފުރާނަ ހިއްޕަވާއިރު ކޯފާއިސްކުރައްވަވައި ތިބާގެ މޫނުގައި ޖައްސަވައިފިނަމަ ތިބާގެ ޙާލަކީ ކޮބައިހެއްޔެވެ؟  

މިރޭ ދައްކާ ވާހަކައިގައި ވަރަށް ގިނަ ފިލާވަޅުތަކެއް އެކުލެވިގެންވެއެވެ. ޚާއްޞަކޮށް ތައުބާވާން ބޭނުންވާ މީހުންނަށެވެ! ﷲ ތަޢާލާގެ ރަޙްމަތާއިމެދު މާޔޫސްވެފައިވާ މީހުންނަށެވެ. ވިސްނައިތިބެގެން އަޑުއަހާށެވެ!  

ދުނިޔޭގައި އުފެދުނު އެންމެ ނުބައި އިންސާނާ، ފިރުއަޢުނު ދެކެ ޖިބްރީލްގެފާނު އެންމެ ބޮޑަށް ކޯފާވެވަޑައިގެންނެވި ސަބަބު ޖިބްރީލްގެފާނު ވަނީ ރަސޫލް () އާއި ހިއްޞާ ކުރައްވަވައިފައެވެ. އެ ސަބަބު ކަމަށް ވިދާޅުވެފައިވަނީ "އެންމެ މަތިވެރި ކަލަކީ އޭނާ ކަމަށް" ދަޢުވާ ކުރުމެވެ. ޖިބްރީލްގެފާނު ދެންނެވީ އެގޮތަށް ފިރުއަޢުނު ބުނި ހިސާބުން ފެށިގެން ހުންނެވީ އިންތިހާއަށް ކޯފާވެގެން ކަމަށެވެ.  

ޖިބްރީލްގެފާނު ރަސޫލް () އަށް ދެނެނވިއެވެ. "ފިރިއަޢުނުގެ މަރު ހިއްޕެވި ދުވަހު ތިމަންނާ ރަސޫލް () އަށް ފެނިވަޑައިގެންނެވިނަމައެވެ."

"އެދުވަހު ކުރެއްވެވީ ކޮންކަމެއްތޯ؟" ރަސޫލް   ސުވާލު ކުރެއްވެވުމުން ޖިބްރީލްގެފާނު ވިދާޅުވިއެވެ. "އޭނާ ކަނޑަށް ޣަރަޤްވަމުން ދިއަ ވަގުތު އޭނާގެ އަނގައަށް ހަޑި ކިސަޑު އުއްކެވީމެވެ. އެއީ އެ ނުބައި ނުލަފާ، އަނިޔާވެރިކަން ހައްދުފަހަނައަޅައިފައިވާ ފިރުއަޢުނު ވެސް އެންމެ ފަހު ވަގުތު ފަހަރެއްގައިވެސް ޝަހާދަތް ކިޔައި އިސްލާމް ވެއްޖެ ނަމަ އޭނާގެ ތައުބާ ރަޙްމާންވަންތަ ރަޙީމްވަންތަ ﷲ ތަޢާލާ ޤަބޫލުފުޅު ކުރައްވަވައިފާނެކަން ޖިބްރީލްގެފާނަށް ރަނގަޅަށް އެނގިވަޑައިގަންނަވާތީއެވެ. ދިގު މުއްދަތުގައި ފިރުއަޢުނު ކުރި އަނިޔާވެރި ޢަމަލުތަކާ ފަސާދައިގެ ފާފަތައް، އޭނާގެ އެންމެ ޢަމަލަކުން ﷲ ތަޢާލާ ފުއްސަވައިދެއްވަވައިފާނެކަން އެނގިވަޑައިގަންނަވާތީއެވެ.  

ޖިބްރީލްގެފާނުގެ މިޢަމަލުފުޅާއި ގުޅިގެން ރަޙްމާންވަންތަ ރަޙީމްވަންތަ ﷲ ތަޢާލާ ޖިބްރީލްގެފާނަށް ވަޙީކުރެއްވެވި ބަސްފުޅަށް ވިސްނާށެވެ! "އޭ ޖިބްރީލް! އޭނާ (ފިރުއަޢުނު) އިޚްލާޞްތެރިކަމާއިއެކު ތައުބާވި ނަމަ ތިމަން ﷲ އޭނާގެ ފާފަތައް ފުއްސަވަދެއްވަވައިފާހުށީމެވެ. އެކަމެއް ޖިބްރީލްގެފާނަކަށްވެސް ނުހުއްޓުވޭނެއެވެ!"  

ޖިބްރީލްގެފާނު މިމޭރުމުން ވިދާޅުވުމުގައި އިތުރު ސަބަބެއްވެސް ވެއެވެ. އެއީ "ކުޑަ ފިރުއަޢުނު" އަބޫޖަހުލުގެ ކަންކަން ނިމިގެންދާ ގޮތް ދެކެވަޑައިގަތުމަށް ވިދާޅުވުމެވެ. އަދި އޭނާ އާއިމެދު ކަންބޮޑުވެވަޑައި ނުގަތުމަށް ހިތްވަރުފުޅު ދެއްވެވުމެވެ.  

ނުބައި ނުލަފާ މީހުންގެ މަރު ހިއްޕަވާއިރު މަލާއިކަތުން އެމީހުންގެ މޫނުގައި ޖައްސަވާނެތެވެ! ޖިބްރީލްގެފާނު މިކުރެއްވެވި ކަމަކީ ފިރުއަޢުނުގެ މަރު ހިއްޕެވި ވަގުތު އިތުރު ބާރެއް ލެއްވެވުމެވެ. އިތުރު އަދަބެއް ދެއްވެވުމެވެ.  

މީސްތަކުންނޭވެ! ދުނިޔޭގައި އުޅުނު އެންމެ ނުލަފާ މީހާ، ފިރުއަޢުނު ވެސް ތައުބާވި ނަމަ އެކަން ﷲ ތަޢާލާ ޤަބޫލުފުޅު ކުރައްވަވާނެކަމާއި އޭނާގެ ފާފަތައް ފުއްސަވައި ދެއްވަވާނެކަން މިއޮތީ އެނގޭށެވެ! ވީއިރު އަހަރެމެން ތައުބާވުމުން ފާފަތައް ނުފުއްސަވާނެ ކަމާއިމެދު އެންމެ ކުޑަމިނުން ވިސްނުމުގެ ވެސް ބޭނުމަކީ ކޮބައި ހެއްޔެވެ؟  

މީސްތަކުންނޭވެ! ހަމައެކަނި ތިމާއަކީ ކަލަކު ކަމަށް ދައުވާ ކުރުމެއް ނޫނެވެ. ﷲ ތަޢާލާގެ އެއްކައުވަންތަކަން ޤަބޫލުނުކުރުމަކީ ވެސް ބޮޑުވެގެންވާ ފާފައެކެވެ. ފާފަތަކަށް އަރައިގަނެ ހިތުހުރި ގޮތަކަށް އުޅުމަކީވެސް ބޮޑުވެގެންވާ ފާފައެކެވެ. މަރު އެމީހަކާއި ބައްދަލުކޮށްފާނެ ވަގުތަށް ބިރުވެތިވާށެވެ!

 

- އިމާމް ޢުމަރު ސުލައިމާންގެ ދަރުސަކުން 

 

މިއަދު އޮންލައިން