އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި އިސްރާ އެސޯސިއޭޝަން ގުޅިގެން ފަލަސްޠީނުގެ ތާރީޚާއި ގުޅޭ ޢިލްމީ ފޯރަމެއް ބުރާސްފަތި ދުވަހުގެ ރޭ ބާއްވަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 37ސ
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި އިސްރާ އެސޯސިއޭޝަން ގުޅިގެން ފަލަސްޠީނުގެ ތާރީޚާއި ގުޅޭ ޢިލްމީ ފޯރަމެއް ބުރާސްފަތި ދުވަހުގެ ރޭ ބާއްވަނީ

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި އިސްރާ އެސޯސިއޭޝަން ގުޅިގެން ފަލަސްޠީނުގެ ތާރީޚާއި ގުޅޭ ޢިލްމީ ފޯރަމެއް ބާއްވަން ނިންމައިފިއެވެ. 

މި ފޯރަމުގެ މަޢުޟޫއުގެ ގޮތުގައި ކަނޑައަޅާފައިވަނީ "ފަލަސްޠީނާއި އުންމަތުގެ އެއްބައިވަންތަކަން" މި މަޢުޟޫއުއެވެ. މިގޮތުން މި ފޯރަމްގައި އިސްލާމީ އުންމަތުގެ އެއްބައިވަންތަކަމާއި ގުޅޭ ގޮތުން ވާހަކަދައްކަވާނީ ޑރ. ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާންއެވެ. އަދި ފަލަސްޠީނުގެ މިއަދުގެ ހާލަތާއި ގުޅޭ ގޮތުން ވާހަކަދައްކަވާނީ ޑރ. ޢަބްދުލްޙައްނާން ވަޙީދުއެވެ. 

މި ފޯރަމް އޮންނާނީ ބުރާސްފަތި ދުވަހުގެ ރޭ 20:30 ގައި އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ.

 

 

މިއަދު އޮންލައިން