އިސްލާމީ އަޤީދާއާ ބެހޭ 2 ވަނަ ޢިލްމީ ދައުރާގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 37ސ
އިސްލާމީ އަޤީދާއާ ބެހޭ 2 ވަނަ ޢިލްމީ ދައުރާގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި ސަޢުދީ އަރަބިއްޔާގެ އިސްލާމިކް މިނިސްޓްރީ ގުޅިގެން ބާއްވާ އިސްލާމީ އަޤީދާއާ ބެހޭ ޢިލްމީ 2 ވަނަ ދައުރާގައި ބައިވެރިވުމުގެ ފުރުސަތު އިސްލާމިކް މިނިސްޓްރީން ހުޅުވާލައިފިއެވެ. 

މި ދައުރާ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޖުލައި 9 އަދި 10 ގައި އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައެވެ. ސަޢުދީ އަރަބިއްޔާގެ އިސްލާމިކް މިނިސްޓްރީން ފޮނުއްވަވާ ދީނީ ޢިލްމުވެރިން ސެޝަންތައް ނަންގަވައިދެއްވާ މި ދައުރާ ކުރިއަށްގެންދާނީ ޢަރަބި ބަހުންނެވެ.

މީގެ ފުރަތަމަ ދައުރާ ބާއްވާފައިވަނީ މެއި މަހުގައެވެ. އެ ދައުރާގައިވެސް އެކި އުމުރުފުރާތަކުގެ ގިނަ އަދަދެއްގެ ބައިވެރިން ވަނީ ބައިވެރިވެފައެވެ.

 

މިއަދު އޮންލައިން