ޚާއްސަ ޑޮކްޓަރުންނަށް ދެއްކުމުގެ ޚިދުމަތް 2 ދަންފަޅިއަށް ބަދަލުކޮށް ވަގުތު އިތުރުކުރަން ނިންމައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 49ސ
ޚާއްސަ ޑޮކްޓަރުންނަށް ދެއްކުމުގެ ޚިދުމަތް 2 ދަންފަޅިއަށް ބަދަލުކޮށް ވަގުތު އިތުރުކުރަން ނިންމައިފި

ރީޖަނަލް ހޮސްޕިޓަލްތަކުން ފޯރުކޯށްދޭ ޚާއްސަ ޑޮކްޓަރުންނަށް ދެއްކުމުގެ ޚިދުމަތް 2 ދަންފަޅިއަށް ބަދަލުކޮށް ވަގުތު އިތުރުކުރަން ނިންމައިފިއެވެ.

މިކަމާގުޅިގެން ޞިއްޙީ ވުޒާރާއިން ބުނެފައިވަނީ މީގެ ކުރިން އެއް ދަންފަޅިއަށް ޚިދުމަތް ދެމުން އައި ފަސް ރީޖަނަލް ހޮސްޕިޓަލެއް މިމަހުން ފެށިގެން ދެ ދަންފަޅިއަށް ޚިދުމަތް ދޭން ފެށުމަށް ނިންމާފައިވާކަމަށެވެ. 

ވަގުތު އިތުރުކުރުކޮށް 2 ދަންފަޅިއަށް ބަދަލުކޮށްގެން ޚިދުމަތްދޭން ނިންމާފައިވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ އިތުރުން ގދ. ތިނަދޫ ގައި ހުންނަ ޑރ. އަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލް، އައްޑޫ ސިޓީ އިކުއެޓޯރިއަލް ހޮސްޕިޓަލުންނެވެ.

މިމަހުގެ 1 ވަނަ ދުވަހުން ފެށިގެން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން 2 ދަންފަޅިއަށް ޚިދުމަތް ދޭން ފަށާފައިވާއިރު ދެން ހުރި ހޮސްޕިޓަލްތަކުން 2 ދަންފަޅިއަށް ޚިދުމަތް ދޭން ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން ކަމަށް  ޞިއްޙީ ވުޒާރާއިން ވަނީ ބުނެފައެވެ.

މިއަދު އޮންލައިން