ދަތިޙާލުގައި އުޅެންޖެހުމުގެ ސަބަބުން ލާނެ ފޭރާން ނުލިބިފައި ތިބި އެތައް މިލިއަން ކުޑަކުދިން ދުނިޔޭގެ ކަންކޮޅުތަކުގައި އެބަތިއްބެވެ. އެއްވެސް ފަދައެއް ނެތި ދަތިޙާލުގައިހުރި ޔަތީމްކުއްޖަކަށް ހެދުމެއް ނަމަވެސް ފޯރުކޮށްލައިދިނުން ކީއްހެއްޔެވެ؟
އަބަދުވެސް ބުނާފަދައިން ސުވަރުގޭގައި ރަސޫލް (ﷺ) އަރިއަހުގައި ވުމަކީ ކޮންމެ މީހަކުވެސް އެންމެ އެދޭނެ ކަންތަކެވެ. އެހެނީ ރަސޫލް (ﷺ) ޚާއްޞަވެގެންވަނީ ސުވަރުގޭގެ އެންމެ މަތީ މަޤާމެވެ. އެ ފެންވަރަށް ތިމާގެ މަޤާމު އުފުލިގެންވުމަކީ ކޮންމެ މުސްލިމަކުވެސް އެންމެ އެދޭނެ ކަންތަކެވެ.
ޔަތީމް ކުއްޖަކަށް އެހީތެރިވުމުގައި ވެސް އެމީހެއްގެ ފެންވަރުނެ އެކަން ކުރާށެވެ! ކޮންމެ މީހަކީ ކުއްޖެއްގެ ހުރިހާ ކަންކަން ފުރިހަމަކޮށް ދެވޭނެ މީހެއް ނޫނެވެ. ނަމަވެސް އެކަމަށް ޢަޒުމް ކަނޑައަޅައިފިނަމަ ކޮންމެ މީހަކަށްވެސް އެމީހެއްގެ ފެންވަރުން ކޮންމެވެސް ކަމެއް ކޮށްދެވޭނެއެވެ.
މިޒަމާނުގައި ދުނިޔޭގެ ކޮންމެ ޤައުމެއްގައި ހުރެގެންވެސް ކޮންމެ ޤައުމެއްގެ ޔަތީމްޚާނާއަކަށްވެސް ހަދިޔާކުރެވިދާނެއެވެ. އެތަންތަނުގައި ތިބޭ ކުދިންގެ ތެރެއިން ކުއްޖަކު އިޚްތިޔާރުކޮށް އެކުއްޖަކަށްވެސް ހަދިޔާކުރެވިދާނެއެވެ. އޮންލައިންކޮށް ގަނެލުމުން އެމީހުން ޑެލިވަރީކޮށްދޭނެތީއެވެ.
Prophet Mohammad (ﷺ) said,
"--and the person who looks after an orphan and provides for him, will be in Paradise like this," putting his index and middle fingers together."
Sahih al-Bukhari 6005
- އިސްލާމީ ތިލަފަތުގެ ދަރުސަކުން