ޤުރްއާން ހިތުދަސްކުރި 7 ދަރިވަރުން ޢުމްރާއަށް ފޮނުވައި 3 ފޮތަށްވުރެ ގިނައިން ހިތުދަސްކުރާ ކުދިންނަށް ޕޮކެޓްމަނީއެއް ދެނީ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 48ސ
ޤުރްއާން ހިތުދަސްކުރި 7 ދަރިވަރުން ޢުމްރާއަށް ފޮނުވައި 3 ފޮތަށްވުރެ ގިނައިން ހިތުދަސްކުރާ ކުދިންނަށް ޕޮކެޓްމަނީއެއް ދެނީ-

ކީރިތި ޤުރްއާން ހިތުދަސް ކުރާ ކުދިން ޢުމްރާއަށް ފޮނުވުމުގެ މަޝްރޫއެއް ފެށުމަށް ހަމަޖެހިފައިވާކަމަށާއި މި މަޝްރޫއު ފެއްޓެވުމުގެ ގޮތުން ފުވައްމުލަކުން ޤުރްއާން ހިތުދަސްކުރި 7 ދަރިވަރަކު ކުރިއަށް އޮތް ދެ މަސްދުވަހުގެ ތެރޭގައި އުމްރާއަށް ފޮނުވުމުގެ މަސައްކަތް ކުރިއަށްދާކަމަށް އިސްލާމީ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. 

ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި ޑރ. ޝަހީމް ވަނީ  މިކަން ހާމަކުރެއްވުމުގެ އިތުރުން އިތުރު އެހެންކަމެއްވެސް ހާމަކުރައްވައިފައެވެ. އެކަމަކީ " ⁠މިއަންނަ އަހަރުން ފެށިގެން ޤުރްއާނާއި ބެހޭ މަރުކަޒުގައި ކިޔަވާ ދަރިވަރުންގެ ތެރެއިން ތިން ފޮތަށްވުރެ ގިނައިން ދަސް ކުރާ ދަރިވަރުންނަށް ޕޮކެޓު މަނީއެއް ދޭނެ" ކަމެވެ.

"ކީރިތި ޤުރްއާނަށް، އިސްލާމްދީނަށް ސަރުކާރުން ބޮޑު އަހައްމިއްޔަތުކަމެއް ދެއްވާ، ރައީސުލްޖުމުޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯ ތަންފީޒު ކުރުމަށް ކީރިތި ޤުރްއާނާއި ބެހޭ މަރުކަޒަށް ވުޒާރާގެ ފަރާތުން ފުރިހަމަ އެއްބާރުލުން ލިބިގެންދާނެ." 

"⁠ކީރިތި ޤުރްއާނާއި ބެހޭ މަރުކަޒުން ޤުރުއާން އުނގަންނައިދިނުމަށްޓަކައި ކުރަމުން ގެންދަވާ ބުރަ މަސައްކަތަށް ޝުކުރުއަދާ ކުރައްވާ މިނިސްޓްރީގެ ފަރާތުން ދޭން ޖެހޭ އެންމެ ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމުގެ ޔަޤީންކަން ވަޒީރު ވަނީ އަރުއްވާފަ."

"ކީރިތި ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތަކީ ޤުރްއާނުގެ ރޮނގުން ދަރިވަރުން ނެރެދޭ މަދަރުސާއެއްކަމަށާއި މި މުބާރާތް މިހާރަށްވުރެ ހައިބަތުބޮޑު ވަރުގަދަ މުބާރާތަކަށް ހެދުމުގެ މަޝްވަރާތައް ކުރިއަށް ގެންދަވާނެކަމަށް ވަޒީރު ވިދާޅުވ."  

"ކީރިތި ޤުރްއާނާއި ބެހޭ މަރުކަޒަށް އާ ބިނާއެއް ބޭނުންވާކަން ފާހަގަކުރައްވާ އެކަމުގެ މަޝްވަރާތައް ރައީސުލްޖުމޫރިއްޔާއާއި ކުރައްވާނެކަމަށާއި މިދައުރުގެ ތެރޭގައި ޤުރްއާނާއި ބެހޭ މަރުކަޒުގެ އަމިއްލަ އިމާރާތެއް ބިނާ ކުރުމުގެ މަސައްކަތް ކުރައްވާނެކަމަށް ވަޒީރު ވިދާޅުވި." 

"ކީރިތި ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތެއް ފެށިގެން ދިއުމަކީ މި ޤުރްއާނުގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ގެނެސްދިން ކަމެއް. މިކަމަށްޓަކައި ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލް ޤައްޔޫމަށް ވަޒީރު ޝުކުރު އަދާކުރެއްވި."

 

މިއަދު އޮންލައިން