މި ވެރިކަމުގެ ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާއި ބެހޭ ހާއްސަ ބިނާއެއް ގާއިމް ކުރެވޭނެ: ޑރ.ޝަހީމް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 19ސ
މި ވެރިކަމުގެ ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާއި ބެހޭ ހާއްސަ ބިނާއެއް ގާއިމް ކުރެވޭނެ: ޑރ.ޝަހީމް

ކީރިތި ޤުރުއާނާބެހޭ މަރުކަޒު ހިންގުމަށް ހާއްސަ ބިނާއެއް މި ހިނގާ ރިޔާސީ ދައުރު ނިމުމުގެ ކުރިން ޤާއިމްކުރައްވާނެކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިކަން ހާމަ ކުރެއްވީ ކީރިތި ޤުރްއާން ކިޔެވުމުގެ 36 ވަނަ ޤައުމީ މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ވަޒީރު ވަނީ ރައީސް ޑރ. މުޙައްމަދު މުޢިޒުގެ ސަރުކާރުން ކީރިތި ޤުރްއާނަށް ވަރަށް ބޮޑު އަހަންމިއްޔަތެއް ދެއްވާކަމަށާއި އެކަން އެމަނިކުފާނުގެ މެނިފެސްޓޯގައި ބަޔާން ކުރެވިފައިވާނެކަމަށާއި އެކަން ހާސިލް ކުރުމަށް ކީރިތި ޤުރްއާނާއި ބެހޭ މަރުކަޒަށް ވުޒާރާގެ ފަރާތުން ދޭން ޖެހޭ އެންމެ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

"އަޅުގަނޑުގެ ވެރިންނަށްވެސް ދަރިވަރުންނަށްވެސް ޔަގީންކަން އަރުވާނީ އިރާދަކުރެއްވިއްޔާމު ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒަށް ހާއްސަ ބިނާއެށް ދިވެހިރާއްޖޭގައި ގާއިމްކުރުމުގެ މި މަސައްކަތާބެހޭ ގޮތުން އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާއާއި އަޅުގަނޑުމެން މަޝްވަރާ ކުރާނަން. އިރާދަކުރެއްވިއްޔާ މި ވެރިކަމުގެ ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާއި ބެހޭ ހާއްސަ ބިނާއެއް ދިވެހިރާއްޖޭގައި ގާއިމް ކުރެވޭތޯ ފުރިހަމަ ޔަގީންކަން އަރުވަން" ޝަހީމް ވިދާޅުވިއެވެ.

މީގެ އިތުރުން ވަޒީރު ވިދާޅުވީ ކީރިތި ޤުރްއާން ހިތުދަސް ކުރާ ދަރިވަރުން ޢުމްރާގެ މަތިވެރި އަޅުކަމަށް ފޮނުވުމުގެ މަޝްރޫއުއެއް ފެށުމަށް ހަމަޖެހިފައިވާކަމަށާއި މިއަންނަ އަހަރުން ފެށިގެން ކީރިތި ޤުރްއާނާއި ބެހޭ މަރުކަޒުގައި ކިޔަވާ ދަރިވަރުންގެ ތެރެއިން މަހަކު 3 ފޮތަށްވުރެ ގިނައިން ހިތުދަސް ކުރާ ކުދިންނަށް ޕޮކެޓު މަނީ ދިނުމަށް ހަމަޖެހިފައިވާކަމަށެވެ.

 

މިއަދު އޮންލައިން