ދައުލަތުގެ ޚަރަދުތައް ކުޑަކުރަން ސިޔާސީ މަޤާމްތައް މަދުކޮށް މިނިވަންދުވަހު ހަމައެކަނި ޖަލްސާއެއް ބާއްވަން ރައީސް ޑރ. މުޢިއްޒު ނިންމަވައިފި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 57ސ
ދައުލަތުގެ ޚަރަދުތައް ކުޑަކުރަން ސިޔާސީ މަޤާމްތައް މަދުކޮށް މިނިވަންދުވަހު ހަމައެކަނި ޖަލްސާއެއް ބާއްވަން ރައީސް ޑރ. މުޢިއްޒު ނިންމަވައިފި!

ދައުލަތުގެ ޚަރަދުތައް ކުޑަކުރަން ސިޔާސީ މަޤާމްތައް މަދުކޮށް މިނިވަންދުވަހު ހަމައެކަނި ޖަލްސާއެއް ބާއްވަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. 

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ނިންމެވުން ހާމަކުރައްވަން ކުރެއްވި އެކސްޕޯސްޓް: 

"ދަޢުލަތުގެ ޚަރަދުތައް ކުޑަކުރުމަށްޓަކައި ގިނަ ފިޔަވަޅުތަކެއް އެޅުމަށްވަނީ ނިންމާފައި. އެގޮތުން، ސަރުކާރުގެ ރިކަރަންޓް ޚަރަދު ކުޑަކުރުމަށް އެކި ފިޔަވަޅުތައް އެޅުން ހިމެނޭ. 

މީގެ ތެރޭގައި، ސިޔާސީ މަޤާމުތަކުގެ އަދަދު މަދުކުރުމާއި، އެކި މުނާސަބަތުތަކުގައި ބާއްވާ ޙަފްލާތަކަށް ކުރާ ޚަރަދުތައް ކުޑަކުރުން ނުވަތަ ނުބޭއްވުން ހިމެނޭ. މިގޮތުން ކުރިޔަށް އޮތް މިނިވަން ދުވަހަށް ފުޅަނދު ބުރާއި، ކުޅިވަރުތަކާއި ރިސެޕްޝަން ފަދަ ކަންކަން ނުބޭއްވުމަށާއި، ހަމައެކަނި މިނިވަން ދުވަސް ފާހަގަކުރުމަށް ޖަލްސާއެއް ބާއްވާ ޚަރަދުތައް އެތައް ގުނައަކުން ކުޑަކުރުމަށް ވާނީ ކަމާބެހޭ ފަރާތްތަކަށް އަންގާފައި. މީގެ އިތުރަށްވެސް ގިނަ ފިޔަވަޅުތަކެއް ކުރިޔަށް އޮތް ދުވަސްތަކުގައި އެޅިގެންދާނެ."

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މިނިންމެވުމާއި ގުޅިގެން ގިނަ ބައަކު ގެންދަނީ އެނިންމެވުމަށް މަރުޙަބާކިޔަމުންނެވެ. "ވަކި ބައަކަށް ބައިވެރިވެވޭ ގޮތަށް ބޮޑެތި ޚަރަދުތައްކޮށްގެން ޙަފްލާތައް ބޭއްވުމަށްވުރެ ރައްޔިތުންގެ ރައީސް އާއި ހުރިހާ ރައްޔިތުންނަށްވެސް ބައްދަލުކުރެވޭ ގޮތަށް ބައްދަލުވުމެއް ބޭއްވީމާ މާފައިދާކުރާނެ! ކޮންމެހެން އެތައް މިލިއަން ރުފިޔާއެއް ޚަރަދުކޮށްފަ ބޮޑެތި ޙަފްލާތައް ބާއްވާކަށް ނުޖެހޭ! ރައްޔިތުންގެ ރައީސް ރައްޔިތުންނާއިއެކު ވަޤުތުކޮޅެއް ހޭދަކޮށްލެއްވީމާ ލިބޭ އުފާވެރިކަން ރައްޔިތުންނަށް މާބޮޑުވާނެ! ވީމާ ރައީސްގެ މިނިންމެވުމަކީ ވަރަށް ރަނގަޅު ނިންމެވުމެއް!" ކަމަށް ބައެއް ބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ. 

ޕީއެންސީ ހައުސް ރަސްމީކޮށް ހުޅުއްވައި ދެއްވުމަށްފަހު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅުގައި ޤައުމުގެ އިޤްޠީޞާދު ރަނގަޅު ކުރެއްވުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވަވާނެކަން ވަނީ ހާމަކުރައްވައިފައެވެ. 

މިއަދު އޮންލައިން