ޙައްޖު މޫސުމުގައި ސްކޭމުތަކުގައި ނުޖެހުމަށް ސަޢުދީ ސަރުކާރުން އިލްތިމާސްކޮށްފި

ހަސަން އަލީ
ކިޔުމަށް ހޭދަވާނީ 36ސ
ޙައްޖު މޫސުމުގައި ސްކޭމުތަކުގައި ނުޖެހުމަށް ސަޢުދީ ސަރުކާރުން އިލްތިމާސްކޮށްފި

ޙައްޖު މޫސުމުގައި ސްކޭމުތަކުގައި ނުޖެހުމަށް ސަޢުދީ ސަރުކާރުން އިލްތިމާސްކޮށްފިއެވެ.

މިކަމާގުޅިގެން ސަޢުދީ ޢަރަބިއްޔާގެ ސަރުކާރުން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ބަދަލުގައި ޙައްޖުކޮށްދޭނެ ކަމަށާއި އުޞްހިޔާ ކަތިލާދޭނެ ކަމަށް ބުނެ ތަފާތު އިސްތިހާރުތައް ކުރަމުންދާ ކަމަށާޢި ދަތުރުފަތުރު ފަދަ ޙައްޖާ ގުޅުން ހުރި ކަންކަމުގައި ފަސޭހަ ޚިދުމަތްތަކެއް ފޯރުކޮށްދޭނެ ކަމަށް ބުނެ ވެސް ބައެއް މީހުން އިސްތިހާރު ކުރަމުންދާ ކަމަށެވެ. 

މިފަދަކަންކަމަށް ސަލާމަތްވުމަށް ރަސްމީ އިދާރާތަކުން ޚިދުމަތް ހޯދުން މުހިއްމު ކަމަށާއި އަދި އޮލޫވާޅުންތައް ހިންގާ މީހުންނަށް ހަރުކަށި އަދަބު ދޭނެކަމުގެ އިންޒާރު ވެސް އެ ޤައުމުގެ ސަރުކާރުން ވަނީ ދީފައިވެއެވެ.

މިއަދު އޮންލައިން