40 އަހަރުވަންދެން މަދީނާގެ ޙަރަމްފުޅާ ޤުބާ މިސްކިތުގައި ޢުމްރާއަށްދާ މީހުންނަށް ޚިދުމަތްކުރެއްވި ޝައިޚް އިސްމާޢީލް އަލްޒައިމް އަވަހާރަވެއްޖެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 9ސ
40 އަހަރުވަންދެން މަދީނާގެ ޙަރަމްފުޅާ ޤުބާ މިސްކިތުގައި ޢުމްރާއަށްދާ މީހުންނަށް ޚިދުމަތްކުރެއްވި ޝައިޚް އިސްމާޢީލް އަލްޒައިމް އަވަހާރަވެއްޖެ!

ސާޅީސް އަހަރުވަންދެން މަދީނާގެ ޙަރަމްފުޅާ ޤުބާ މިސްކިތުގައި ޢުމްރާއަށްދާ މީހުްނނަށް ޚިދުމަތްކުރެއްވި ޝައިޚް އިސްމާޢީލް އަލްޒައިމް އަބޫ އަލް ސަބާ ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރައްވައިފިއެވެ. ޝައިޚް އަވަހާރަވީ މިމަހުގެ 17 ވަނަ ދުވަހުއެވެ.  

ޢުމްރާ ވެރިންނަށް ޝައިޚް ގެންދެވީ، ކޮފީ، ސައި، ކަދުރު އަދި ކަދުރު ފަދަ ތަކެތި ޞަދަޤާތްކުރައްވަމުންނެވެ. 

ޝައިޚް ނިޞްބަތްވެވަޑައިގަންނަވަނީ ސީރިޔާއަށް ނަމަވެސް ޝައިޚަކީ މަދީނާގެ ރައްޔިތުންގެ މެދުގައި ވަރަށް މަޝްހޫރުކަން ލިބިވަޑައިގެންފައިވާ ޚިދުމަތްތެރިއެކެވެ.  

މަރުޙޫމްގެ ފާފަތައް ފުއްސަވައި ދެއްވަވައި މަރްޙޫމްގެ ފުރާނަފުޅަށް ﷲ ތަޢާލާ ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރުކުރައްވަވާށި! އާމީން

 

މިއަދު އޮންލައިން