ޢުމްރާވުމަށް ދިއަ މީހަކު ޙަރަމްފުޅުގެ ފުރަތަމަ ފަންގިފިލާއިން ފުންމާލައިފި!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 34ސ
ޢުމްރާވުމަށް ދިއަ މީހަކު ޙަރަމްފުޅުގެ ފުރަތަމަ ފަންގިފިލާއިން ފުންމާލައިފި!

ޢުމްރާވުމަށް ދިއަ މީހަކު ޙަރަމްފުޅުގެ ފުރަތަމަ ފަންގިފިލާއިން ފުންމާލައިފިކަމަށާއި އޭނާއަށް ލިބުނު އަނިޔާތަކަށް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަކަމަށް މަޢުލޫމާތު ލިބިއްޖެއެވެ. މިކަން ހިނގިކަމަށް ބުނެފައިވަނީ އަންގާރަދުވަހު ހެނދުނުގެ ވަޤުތެއްގައެވެ. 

މިކަމާއިބެހޭ އެއްވެސް ތަފްޞީލް މަޢުލޫމާތެއް ރަސްމީއެއްވެސް ފަރާތަކުން އަދި މިހައިތަނަށް ދީފައެއް ނުވެއެވެ. އަދި އެއީ ކޮން ޤައުމެއްގެ ކާކުކަންވެސް ހާމައެއް ނުކުރެއެވެ. 

2018 ވަނަ އަހަރުވެސް ވަނީ މިފަދަ ތަފާތު 3 ޙާދިސާއެއް ޙަރަމްފުޅުގެ ސަރަޙައްދުގައި ހިނގައިފައެވެ. އެކަންކުރީ އިރާޤް، ފްރާންސް، އަދި ބަންގްލަދޭޝް ގެ 3 މީހުންނެވެ. 

https://twitter.com/HaramainInfo/status/1777521169312158149

މިއަދު އޮންލައިން