ގިނަ ޤައުމުތަކެއްގެ ތާއީދާއެކު ހަނގުރާމަ ހުއްޓާލައި އަސީރުން މިނިވަންކުރަން ޤާނޫނީ ބުރަދަނެއް ނެތް ޤަރާރެއް ފާސްކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ
ގިނަ ޤައުމުތަކެއްގެ ތާއީދާއެކު ހަނގުރާމަ ހުއްޓާލައި އަސީރުން މިނިވަންކުރަން ޤާނޫނީ ބުރަދަނެއް ނެތް ޤަރާރެއް ފާސްކޮށްފި

ހައްދުފަހަނައަޅާފައިވާ ޔަހޫދީ ޒަޔަނިސްޓް ޓެރަރިސްޓުން ޣައްޒާގައި ހިންގަމުންދާ ހަނގުރާމަ ހުއްޓާލުމަށާއި ރަހީނުން މިނިވަންކުރަން ގޮވާލާ ޤަރާރެއް އދ.ގެ އާންމު މަޖިލީހުން ފާސްކޮށްފިއެވެ.

އަދގެ މެންބަރު 193 ޤައުމު ހިމެނޭ އދ.ގެ އާންމު މަޖިލީހުން ބޭއްވި ކުއްލި ބައްދަލުވުމެއް ގައި ވަގުތުން ވަގުތަށް ގަތުލުއާންމުތައް ހުއްޓާލުމަށާއި ޝަރުތަކާ ނުލައި ރަހީނުކޮށްފައިވާ ހުރިހާ އަސީރުން ދޫކޮށްލުމަށް ގޮވާލައި ފާސްކުރި މިޤަރާރަކީ އެމަޖިލީހުން ފާސްކުރާ މިފަދަ އެހެން ޤަރާރުތައް ފަދައިން ޤާނޫނީ ގޮތުން އެއްވެސް ބުރަދަނެއްހުރި ޤަރާރެއް ނޫނެވެ. 

މި ޤަރާރާ ދެކޮޅަށް ވޯޓުދިން 10 ޤައުމުގެ ތެރޭގައި އޮސްޓްރިއާ، ޗެކް ރިޕަބްލިކް، ގުއަޓެމާލާ، އިސްރާއީލް، ލައިބީރިއާ، މައިކްރޯނީޝިއާ، ނައުރޫ، ޕަޕުއާ ނިއު ގިނީ، ޕެރަގުއޭ އާއި އެމެރިކާ ހިމެނެއެވެ. 

ވަކިކޮޅަކަށް ވޯޓުނުދޭ 23 ތެރޭގައި އެމެރިކާ، ފަރަންސޭސިވިލާތް، ޗައިނާ، ރަޝިޔާ،  އިނގިރޭސިވިލާތް ޔޫކްރޭން، ޖަރުމަންވިލާތް ހިމެނެއެވެ. 

މިޤަރާރުގެ ސަބަބުން ޙާޞިލްވި ހަމައެކަނި ކަމަކީ ހަނގުރާމަހުއްޓާލައި އަސީރުން މިނިވަންކުރަން 153 ތާއީދުކުރާ ކަމެވެ. އެހިސާބުން ނިމުނީއެވެ. ކުރާނެ އެއްވެސް ފައިދާއެއް ނެތެވެ.

 

މިއަދު އޮންލައިން