ޣައްޒާގެ ހުރިހާ ދިމާއަކުން މިހާރުފެންނަނީ ބޮޑެތި ޒަޚަމްތައް ލިބި ޙަރަކާތް ނުކުރެވިފަ ތިބި ކުޑަކުދިން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 49ސ
ޣައްޒާގެ ހުރިހާ ދިމާއަކުން މިހާރުފެންނަނީ ބޮޑެތި ޒަޚަމްތައް ލިބި ޙަރަކާތް ނުކުރެވިފަ ތިބި ކުޑަކުދިން-

ޣައްޒާގެ ހުރިހާ ދިމާއަކުން މިހާރުފެންނަނީ ބޮޑެތި ޒަޚަމްތައް ލިބި ޙަރަކާތް ނުކުރެވިފަ ތިބި ކުޑަކުދިން ކަމަށް ރިޕޯޓްތައް ބުނެއެވެ. "ބައެއް ކުދިންނަކީ ވަރަށް ބޮޑަށް ފިހިފައިވާ ކުދިން، ބޮލަށް އަނިޔާވުމުން ސިކުނޑިއަށް ގެއްލުން ލިބިފައިވާ ކުދިންވެސް ފެނޭ." 

ހައްދުފަހަނައަޅާފައިވާ ޔަހޫދީ ޒަޔަނިސްޓް ޓެރަރިސްޓުން ގެންދަނީ ކުރިން އެއީ އަމާން ސަރަޙައްދުތައް ކަމަށް ބުނެފައިވާ ސަރަޙައްދުތަކުންވެސް މީހުން ދުރަށް ދިއުމަށް އަންގަމުންނެވެ. ދެވަނަ ފަހަރަށް ޙަމަލާތައް ދޭންފެށިފަހުން ޝަހީދުވި މީހުންގެ ޢަދަދުވަނީ 700 އަށްވުރެ އިތުރުވެފައެވެ. 

ފަރުވާދޭން ގެންދާނެ ތަނެއް ނެތެވެ. މައިންގެ އުގުތަކުގައި އޮވެ ދަރިން ރޮމުން ގެންދަނީއެވެ. ލިބިފައިވާ ޒަޚަމްތަކުގެ ސަބަބުން ކުޑައިރުކޮޅެއްގެ ތެރޭގައި ދުނިޔެއާއި ވަކިވެދާނެކަން އެނގޭއިރު އެމައިންނަށް ކުރާނެ އަސަރު ހިތަށް ގެނެސްބަލާށެވެ. 

ޣައްޒާގެ މިވަޤުތުގެ ޙާލަތަކީ އާބާދީގެ 2.3 މިލިއަން މީހުންގެ ތެރެއިން 1.5 މިލިއަން މީހުން ގެދޮރުނެތި މަގުމަތިވެފައިވުމެވެ. މިއީ ގާތްގަނޑަކަށް މުޅި އާބާދީގެ ތިންބައިކުޅަ ދެބައެވެ.

މިއަދު އޮންލައިން