ޣައްޒާގެ ކަނޑުގެ ސަރަޙައްދުން ގޭސް ފެނިފައިވުން: ޔަހޫދީން ޣައްޒާއަށް ވެރިވެގަންނަން ބޭނުންވާ އެންމެ ބޮޑު ސަބަބު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 56ސ
ޣައްޒާގެ ކަނޑުގެ ސަރަޙައްދުން ގޭސް ފެނިފައިވުން: ޔަހޫދީން ޣައްޒާއަށް ވެރިވެގަންނަން ބޭނުންވާ އެންމެ ބޮޑު ސަބަބު-

2000 ވަނައަހަރު ޖިއޮލޮޖިސްޓުން ވަނީ ޣައްޒާގެ ކަނޑުގެ ސަރަޙައްދުގައި ގިނަ ޢަދަދެއްގެ ގޭސް ހުރިކަމުގެ ޢަލާމާތްތައް ހޯދައިފައެވެ. ދެން ފެނިގެން ދިއައީ ޣައްޒާ ޙިޞޯރުކޮށް ޖަލަކަށް ހަދައި ނޭވާލިއަނުދީ ހިފަހައްތަމުން އަންނަ ތަނެވެ. 

"ޔަހޫދީން ޣައްޒާއަށް ވެރިވެގަންނަން ބޭނުންވާ އެންމެ ބޮޑު ސަބަބަކީވެސް އެއީއެވެ. އިޒްރޭލުގެ ބާރުގެދަށަށް ޣައްޒާ ގެންދަން އެމެރިކާއިން އެހީތެރިވެދޭ ސަބަބަކީވެސް އެއީއެވެ." 

މިމޭރުމުން ބަޔާންކޮށް ޣައްޒާއަށް އެމެރިކާއިން ބޮން އަޅާނެކަމަށް މީގެ 15 އަހަރުކުރިން މީހަކު ބުނެ ހާމަކޮށްފައިވާ ރިޕޯޓެއް މިހާރުވަނީ ޢާންމުވެފައެވެ. 

ހަމައެއާއިއެކު މިކަމަށް ދަލީލު ލިބޭ އިތުރު ކަމެއްވެސް އެބައޮތެވެ. ހަމާސްއިން 7 އޮކްޓޯބަރުގައި އިޒްރޭލަށް ދިން ޙަމަލާ ދޭންއުޅޭކަން އެއިގެ 1 އަހަރުކުރިންސުރެ އިޒްރޭލަށް އެނގިފައި އޮވެމެ އެކަން ހުއްޓުވަން އެއްވެސް ފިޔަވަޅެއް އަޅާފައި ނެތްކަން ހާމަވެފައިވުމެވެ. 

ކަންކަން މިހެން ހުރުމުން މިހާރު މިވަނީ ޣައްޒާއަށް ހައްދުފަހަ\ނައަޅާފައިވާ ޔަހޫދީ ޓެރަރިސްޓުން ދެމުން ގެންދާ ޙަމަލާތަކާއި އަދި ޣައްޒާ އިޒްރޭލުގެ ބާރުގެދަށަށް ގެންދަން މަސައްކަތްކުރާ ސަބަބާއިމެދު އިތުރު ސުވާލުތަކެއް އުފެދިފައެވެ.

 

މިއަދު އޮންލައިން