ފަލަސްޠީނުގެ އެންމެ އިސް ސައިންސްވެރިޔާ އަދި އިސްލާމިކް ޔުނިވާސިޓީގެ ރައީސްއާ އޭނާގެ ޢާއިލާ އެކުގަ ޝަހީދުކޮށްލައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
ފަލަސްޠީނުގެ އެންމެ އިސް ސައިންސްވެރިޔާ އަދި އިސްލާމިކް ޔުނިވާސިޓީގެ ރައީސްއާ އޭނާގެ ޢާއިލާ އެކުގަ ޝަހީދުކޮށްލައިފި

ފަލަސްޠީނުގެ އެންމެ އިސް ސައިންސްވެރިޔާ އަދި އިސްލާމިކް ޔުނިވާސިޓީ އޮފް ޣައްޒާގެ ރައީސް ޕްރޮފެސަރ ސުފިޔާން ޠާޔިޙް އާއި އޭނާގެ ޢާއިލާ އެކުގައި ޝަހީދުކޮށްލައިފިއެވެ. 

ޕްރޮފެސަރ ސުފިޔާން ޠާޔިޙް އާއި އޭނާގެ ޢާއިލާ ޝަހީދުކޮށްލާފައިވަނީ ހައްދުފަހަނައަޅާފައިވާ ޔަހޫދީ ޒަޔަނިސްޓް ޓެރަރިސްޓުން އެމަނިކުފާނާއި ޢާއިލާ ދިރިއުޅުއްވާ ގެއަށް ދިން ބޮމުގެ ޙަމަލާއެއްގައެވެ.

ޕްރޮފެސަރ ސޫފިޔާން ވަނީ 2021 ވަނަ އަހަރުގެ ދުނިޔޭގެ ބެސްޓް ރިސާޗް ސައިންޓިސްޓުންގެ ތެރޭގައި ހިމެނިވަޑައިގެންފައެވެ.

ހައްދުފަހަނައަޅާފައިވާ ޔަހޫދީ ޒަޔަނިސްޓް ޓެރަރިސްޓުން މިހާރު ކުރިއަށް ގެންދަނީ މުޅި ޣާޒާއަށް އެއްގަމުމަގުން ވެރިވެގަނެ އިޒްރޭލުގެ ބާރުގެދަށަށް ގެންދިއުމަށް ދެމުން ގެންދާ ވަރަށް ވަރުގަދަ ޙަމަލާތަކެއް ކަމަށް ރިޕޯޓްތައް ބުނެއެވެ. 

އިޒްރޭލް މިހާރު ވަނީ ހަމާސްގެ ބޮލުގައި ކުށް އަޅުވައި ޤަތަރު މެދުވެރިވެގެން ދައްކަމުން އައި ޞުލްޙައިގެ ވާހަކަތަކުން ވަކިވެފައެވެ. އެކަމުން އަންގައިދެނީ ޞުލްޙަވުމަށް އިޒްރޭލުން ބޭނުން ނުވާކަމާއި ބޭނުންވަނީ މުޅި ފަލަސްޠީނަށްވެރިވެގަންނަން ކަމެވެ. 

މިއަދު އޮންލައިން