ޣައްޒާގެ ކުޑަކުދިންގެ ހިތްވަރުގަދަ މެސެޖްތަކުން ދުނިޔެ ސިއްސުވާލައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 54ސ
ޣައްޒާގެ ކުޑަކުދިންގެ ހިތްވަރުގަދަ މެސެޖްތަކުން ދުނިޔެ ސިއްސުވާލައިފި

"ﷲ މިސްތަކުން އިމްތިޙާން ކުރައްވަވާނެތެވެ. އަހުރެމެން އިމްތިޙާން ކުރެއްވެވީއެވެ. އިން ޝާ ﷲ އަހުރެމެންގެ ހިތްވަރެއް ނުއެލެއެވެ. އަހުރެމެން ދާނީކުރިއަށެވެ. ﷲ އަހުރެމެން ދުލެއް ނުކުރައްވަވާނެތެވެ. އިން ޝާ ﷲ އަހުރެމެންނަށް ނަޞްރު ދެއްވަވާނެތެވެ." 

"ދުނިޔެއާއެވެ! އަހުރެމެން މިދުނިޔޭގައި މިތިބީ އެންމެ ނިކަމެތި ޙާލުގައެވެ. އަހުރެމެންގެ މައިންބަފައިންނާއި ޢާއިލާ ޝަހީދުކޮށްފިއެވެ. އެމީހުން ވަނީ ﷲ ގެ ތަނަވަސް ރަޙްމަތުގައެވެ. އަހުރެމެންވެސް އެނބުރިދިއުން ވަނީ ހަމަ ﷲ ގެ ތަނަވަސް ރަޙްމަތަށެވެ!" 

މިފަދަ އެތައް މެސެޖްތަކެއް މިއަދު ދަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންނެވެ. އެކުދިން އެބުނަނީ ހަމަތެދެވެ. ޙައްޤުބަހެވެ. އެކުދިންގެ މައިންބަފައިންނާއި ޢާއިލާ ޝަހީދުކޮށްފިއެވެ. އެހެނަސް ﷲ ތަޢާލާގެ ހެޔޮ ރަޙްމަތްފުޅުން އެކުދިން މިދުނިޔޭގައި އަދިވެސް ވަނީ ﷲ ގެ ތަނަވަސް ރަޙްމަތުގައެވެ. 

މިފަދަ މެސެޖްތައް ދައުރުކުރުވާ ފަރާތްތަކުން ގޮވާލަމުން ގެންދަނީ ހިތްވަރުގަދަ އެކުދިންނަށް އެހީތެރިވުމަށެވެ. އެމީހުންނަކީ އާދައާ ޚިލާފް ހިތްވަރެއް ލިބިގެންތިބި ކުދިން ކަމަށްވުމުން އެކުދިން ބޮޑެތިވެ ދުނިޔެއަށް ފައިދާހުރި ހެޔޮ ބަދަލުތަކެއް ގެންނާނެކަމަށް އުންމީދުކުރެވޭ ކަމަށެވެ.

މިއަދު އޮންލައިން