ޣައްޒާގެ ސްކޫލަކަށް ބޮންއަޅައި ފަންސާހަށްވުރެ ގިނަ ކުދިން ޝަހީދުކޮށްލައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 33ސ
ޣައްޒާގެ ސްކޫލަކަށް ބޮންއަޅައި ފަންސާހަށްވުރެ ގިނަ ކުދިން ޝަހީދުކޮށްލައިފި

ހައްދުފަހަނައަޅާފައިވާ ޔަހޫދީ ޒަޔަނިސްޓް ޓެރަރިސްޓުން ޣައްޒާގައި އދ އިން ހިންގާ އިތުރު ސްކޫލަކަށް ބޮންއަޅައި ފަންސާހަށްވުރެ ގިނަ ކުދިން ޝަހީދުކޮށްލައިފިއެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ފަޚޫރާ ސްކޫލަށް ބޮން އަޅާފައިވަނީ މިއަދުގެ ހެނދުނުގެ ވަޤުތެއްގައެވެ. 

މީގެ އިތުރުން ދެކުނު ޣައްޒާގެ ސިޓިއެއް ކަމަށްވާ ޚާން ޔޫނިސް އަށް ބޮންއަޅައި 28 މީހުން ޝަހީދުކޮށްލާފައިވާއިއރު އެއިގެ ތެރޭގައިވެސް ގިނައީ ކުޑަކުދިންނެވެ. 

އޮކްޓޯބަރު 7 ގެ ފަހުން ހައްދުފަހަނައަޅާފައިވާ ޔަހޫދީ ޒަޔަނިސްޓް ޓެރަރިސްޓުން ފަލަސްޠީނަށް ދިން ޙަމަލާތަކުގައި ޝަހީދުވި މީހުންގެ ޢަދަދު މިހާރު ވަނީ 12000 އަށް އަރައިފައެވެ.

 

މިއަދު އޮންލައިން