ﷲ ގެ ކުޅަދުންވަންތަކަމުގެ ބޮޑުކަމާއެވެ! ފަލަސްޠީނުގެ ބިން ޔަހޫދީންނަށް ވިއްކާލި އިނގިރޭސިވިލާތުގަ މިލިއަނަކަށްވުރެ ގިނަ މީހުން ފަލަސްޠީނަށް ތާއީދުކޮށް މުޒާހަރާކޮށްފި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 31ސ
ﷲ ގެ ކުޅަދުންވަންތަކަމުގެ ބޮޑުކަމާއެވެ! ފަލަސްޠީނުގެ ބިން ޔަހޫދީންނަށް ވިއްކާލި އިނގިރޭސިވިލާތުގަ މިލިއަނަކަށްވުރެ ގިނަ މީހުން ފަލަސްޠީނަށް ތާއީދުކޮށް މުޒާހަރާކޮށްފި!

"އަހަރެމެން ހިނގާފަ ގޮސް ޣައްޒާއަށް އަރަންވެސް ތައްޔާރު! އެއްވެސް ވަރަކަށް އިންސާނިއްޔަތުކަން ނެތް ޓެރަރިސްޓުންތަކެއް ޣައްޒާގެ 2 މިލިއަނަށްވުރެ ގިނަ ރައްޔިތުން ޝަހީދުކުރާތަން ބަލަން ތިބޭކަށް ބޭނުމެއް ނޫން! ޙަމަލާތައް ހުއްޓުވާ!"

"އެއްވެސް ކުށެއް ނެތް ކުޑަކުދިންނާ އަންހެނުންނާ ޢުމުރުން ދުވަސްވީ މީހުންނަށްވެސް ބަލައިނުލާ އަނިޔާވެރި ޓެރަރިސްޓުންނާ ދެކޮޅަށް ހަނގުރާމަކުރޭ! އިނގިރޭސި ސަރުކާރަށް މިކަންކަން ނުފެންނަނީތަ؟ އީޔޫ އާ އެމެރިކާގެ އެހީތެރިކަމާ ތާއީދު ޣައްޔާގެ ރައްޔިތުން ޝަހީދުކުރަން ދީގެން ތިބިގޮތަށް އަހަރެމެންގެ ސަރުކާރުވެސް އެއޮންނަނީ ތާއީދު ދީގެން!" 

ދުނިޔޭގެ ހުރިހާ ރައްޔިތުން މަގުތަކަށް ނުކުމޭ! އެންމެން އެކީގަ ގޮސް ޣައްޒާއަށް އަރަމާ ހިނގާ! ފަލަސްޠީން މިނިވަންކުރޭ! ފަލަސްޠީނު މިނިވްނަކުރޭ!"

ފަދަ ބަސްތައް ގޮވަމުން ފަލަސްޠީނުގެ ބިން ޔަހޫދީންނަށް ވިއްކާލި އިނގިރޭސިވިލާތުގަ މިލިއަނަކަށްވުރެ ގިނަ މީހުން ފަލަސްޠީނަށް ތާއީދުކޮށް މުޒާހަރާކޮށްފިއެވެ. ބުނެވޭ ގޮތުން މިއީ 2003 ވަނަ އަހަރަށްފަހު އިނގިރޭސިވިލާތުގައި މިހައިތަނަށް ބޭއްވުނު އެންމެ ބޮޑު މުޒާހަރާއެވެ! 

މިފަދަ އަޑުތައް ނުއިވެނީ، ރައްޔިތުން މިލިއަނުން ނުކުންނައިރުވެސް ނުފެންނަނީ ޤައުމުތަކުގެ ވެރިންނަށެވެ. ޚާއްޞަކޮށް އިސްލާމީ ޤައުމުތަކުގެ ވެރިންނަށެވެ. ހައްދުފަހަނައަޅާފައިވާ ޔަހޫދީ ޒަޔަނިސްޓް ޓެރަރިސްޓުންނަށް ވިކިގެން ތިބި ދުނިޔޭގެ ޤައުމުތަކުގެ ވެރިންނަށެވެ. 

މިއަދު އޮންލައިން